މާލޭގެ ޝެލް ބީންސް ކުރިމަތީ ފަޅު ތެރޭގައި އޮތް ރިސޯޓެއްގެ ލޯންޗެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ކުޅުދުއްފުށީގެ ޒުވާނަކު ފިހިއްޖެ އެވެ.
މިހާދިސާގައި އަނިޔާ ލިބިފައި ވަނީ ކުޅުދުއްފުށީ ރަބަރުމާގެ، މިދުހަތު މުޙައްމަދު (22އ) އެވެ. އޭނާގެ އަތާއި ފައި ވަނީ ފިހިފައި އެވެ.
އޭނާގެ އިތުރުން މިހާދިސާގައި ލޯންޗްގައި ތިބި 3 މީހަކު ފިހިފައިވާއިރު އައިޖީއެމްއެޗުން އެހަތަރު މީހުންނަށް ދަނީ ފަރުވާދެމުން ނެވެ. އަދި ހަތަރު މީހުންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބެއެވެ.
މިއަދު 2:15 ގައި ހިނގި މިހާދިސާގެ މައުލޫމާތު ލިބުމާ ގުޅިގެން ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވެ އަލިފާންގަނޑު ނިއްވާލެވިފައި ވަނީ 2:48 ހާ އިރުއެވެ.
އަލިފާނުގެ ހާދިސާގައި ވަނީ ރޯވޯ މަކުނުދޫ އައިލެންޑް ރިސޯޓުގެ “ކިވީ” ނަމަކަށް ކިޔާ ލޯންޗެއްގައި ރޯވެ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ.