twitterviber whatsapp telegramfacebookyoutube instagram
17th April 2026

ވޭތުވެދިޔަ 3 ދުވަހު ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެއްޖެ: އެޗްޕީއޭ

Jul 3, 2017

ވޭތުވެދިޔަ ތިން ދުވަހުގެ ތެރޭގައި ހޮޑުލުމާއި ބޭރަށް ހިންގުން އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފި އެވެ.

ހޮޑުލުމާއި ބޭރަށް ހިންގުން އިތުވެ، ފަރުވާ ހޯދަންދާ މީހުން އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ހޮޑުލުމާއި ބޭރަށް ހިންގުން އިތުވެ އެކަމަށް ފަރުވާ ހޯދަންދާ މީހުން އިތުރުވަމުންދާތީ ސަމާލުވުމަށެވެ.

lncreased incidences of diarrhoea and vomitting notified last 3 days. Please practice safe and hygienic behaviour for #prevention. @MoH_mv

— HPA Maldives (@HPA_MV) July 2, 2017

ބޭރަށް ހިންގުން ޖެހުމުގެ ކުރިން ސަަމާލުވުމަށް ކުރެވިދާނެ ކަންކަން:

1- ބޯން ބޭނުންކުރާ ފެން ކްލޮރިނޭޓް ކޮށްގެން ނުވަތަ ކައްކައިގެން ބޭނުންކުރުން، އަދި ވާރޭފެން ނަގާނަމަ ފުރާޅު ރަނގަޅަށް ސާފު ކުރުމަށްފަހު ފެން ނެގުން.

2- ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި އަދި ރޯކޮށް ކެވޭ ކާނާ ވެސް ރަނގަޅަށް ދޮވެގެން ބޭނުންކުރުން.

3- ކެއުމުގެ ކުރިންނާއި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން އަދި ހާއްސަކޮށް ފާހާނާ ކުރުަމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން.

4- ކުޑަކުދިންގެ ނެޕީ ބަދަލުކުރުމަށްފަހުގައިވެސް ހާއްސަކޮށް އަތްދޮވުމާ އަދި ބޭނުންކޮށްފައިވާ ނެޕީ ރައްކާތެރި ގޮތުގައި ނައްތާލުން.

5- ކާބޯތަކެތީގައި މެހި ނުޖައްސާނެހެން މަތި ޖަހާފައި ބެހެއްޓުން، އަދި ތާޒާ ކާނާ ބޭނުންކުރުމާއި ކާބޯތަކެތި ހަލާކުނުވާނެހެން ރައްކާކުރުން.

6- ރަށު ތެރޭގައި އާއި ގޯތިތެރޭގައި ކުނި ޖަމާވިޔަ ނުދީ ގޯތިގެދޮރު ސާފުތާހިރުކޮށް ބެހެއްޓުން އަދި ކުނިވާ ޒާތުގެ ތަކެތި ރައްކާތެރި ގޮތުގައި ނައްތާލުން.

ބޭރަށް ހިންގުން ޖެހިއްޖެނަމަ އަމަލުކުރަންވީ ގޮތް:

1- ހޮޑުލެވޭނަމަ ގިނަގިނައިން ދިޔާ ތަކެތި ބޭނުންކުރުން.

2- ހަކުރު ގިނައިން ހުންނަ ތައްޔާރީ ޖޫސް، ކޯލާ ފަދަ ބުއިންތައް ބޭނުން ނުކުރުން.

3 ތުއްތުކުދިންނަށް އަވަސް އަވަހަށް ގާތުން ކިރުދިނުން.

4- ކާތަކެތި ކެވޭނަމަ އެތިއެތިކޮޅުން އަވަސް އަވަހަށް ކެއުން. އެހެންނަމަވެސް ތެޔޮ، ކުޅި، އަދި ހަވާދުލީ ކާތަކެތި ބޭނުން ނުކުރުން.

5 ބޭރަށް ހިންގުން ޖެހިފައިވާ މީހާ ކާބޯތަކެތި ތައްޔާރުނުކުރުން.

6- ކުޑަކުއްޖަކު ބޭރަށް ހިންގާނަމަ ރަނގަޅުވަންދެން ސުކޫލަށް ނުފޮނުވުން.

7- ޑޮކްޓަރެއްގެ ލަފާގެ މަތިން ފަރުވާ ކުރިއަށް ގެންދިއުމާ އަދި ފަރުވާ ފުރިހަމަ ކުރުމަށް ސަމާލުވުން.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355