twitterviber whatsapp telegramfacebookyoutube instagram
17th February 2026

މަސީހްގެ އިތުބާރު ނެތް މައްސަލަ: ތިލަދުންމަތީގެ 7 މެމްބަރުންގެ ސޮއި ހިމެނޭ

Jul 3, 2017

45 މެމްބަރުންގެ ސޮޔާއެކު ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ދެންމެ ވައްދާފައިވާއިރު އެ މެމްބަރުންގެ ތެރޭގައި ތިލަދުންމަތީގެ ދާއިރާތަކުގެ 7 މެމްބަރުން ހިމެނެ އެވެ.

މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ސޮއިކޮށް ހުށަހެޅި ގަރާރުގައި ހިމެނޭ ތިލަދުންމަތީ ދާއިރާތަކުގެ މެމްބަރުންނަކީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބުދުލް ޢަފޫރު މުސާ އާއި ހަނިމާދޫ ދާއިރާގެ މެމްބަރު ހުސެއިން ޝަހުދީ، ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް، ވައިކަރަދޫ ދާއިރާ މެމްބަރު މުހައްމަދު ނަާޒިމް،މަކުނުދޫ ދާއިރާގެ މެމްބަރު އަލްއުސްތާޒާ އަނާރާ ނައީމް، ދިއްދޫ ދާއިރާގެ މެމްބަރު އަބުދުލް ލަތީފް މުހައްމަދު އަދި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބުދުﷲ ހިމެނެ އެވެ.

މީގެ ތެރެއިން ދިއްދޫ ދާއިރާގެ މެމްބަރާއި އިހަވަންދޫ ދާއިރާގެ މެމްބަރު އަދި ހަނިމާދޫ ދާއިރާގެ މެމްބަރަކީ ޕީޕީއެމްގެ މެމްބަރުންނެވެ.

މަޖިލީހުގެ 85 މެންބަރުންގެ ތެރެއިން ހިމެނެނީ ޕީޕިއެމްއަށް ނިސްބަތްވާ 48 މެންބަރުންނާއި އެމްޑީޕީގެ 21 މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ ހަތް މެންބަރުން އަދި އެމްޑީއޭގެ ހަ މެންބަރުންނާއި މިނިވަން ދެ މެންބަރުންގެ އިތުރުން އަދާލަތު ޕާޓީގެ މެންބަރެކެވެ.

އެންމެ ފަހުން މަޖިލީހުގެ ގަވައިދަށް ގެނައި ބަދަލުގައިވާ ގޮތުން މަޖިލީހުގެ ރައީސްއާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅޭނީ 42 މެންބަރުންގެ ސޮޔާއެކުގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355