twitterviber whatsapp telegramfacebookyoutube instagram
27th April 2024

ވިލާ ކޮލެޖުގައި ސެޕްޓެމްބަރ މަހު ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Jul 3, 2017

ވިލާ ކޮލެޖުގައި 2017 ވަނަ އަހަރު ސެޕްޓެމްބަރ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވިލާ ކޮލެޖުން މައުލޫމާތު ދޭގޮތުގައި ސެޕްޓެމްބަރ މަހު ފަށާ ކޯސްތަކުގެ ތެރޭގައި އިންފޮރމޭޝަން ޓެކްނޮލޮޖީ،ކޮމްޕިއުޓަރ ސައިންސް، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރީޢާ، ލޯ، ހިއުމަން ރިސޯސަސް, އެކައުންޓިންގ، ޕަބްލިކް ހެލްތް، ރިސާރޗް އަދި މެރިން ސްޓަޑީސް ދާއިރާއިން ޖުމްލަ 53 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފާ ކަމަށެވެ.

އަދި މި ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓަރސް އަދި ޑިގްރީ ކޯސްތައް ހިމެނޭ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ވިލާ ކޮލެޖުން މައުލޫމާތު ދޭގޮތުގައި މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 6 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ 3 ކޯހަކާއި، ޑިގްރީ ފެންވަރުގެ 16 ކޯހަކާއި، އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ 3 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 7 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 9 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 8 ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

ހަމައެއާއިއެކު ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެގޮތުން ސެޕްޓެމްބަރ ސެމެސްޓަރއިން ފެށިގެން ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓް އަށް ފީ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. އަދި 1 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ކޯހެއް ހަދާ ވިލާ ކޮލެޖުގެ ހުރިހާ ދަރިވަރުންނަށްވެސް މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެޑިއުކޭޝަން ފައިނޭންސިންގ ފެސިލިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައި ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖު ހިތަދޫ ކެމްޕަސް، ވިލާ ކޮލެޖު ނައިފަރު ކެމްޕަސް، ވިލާ ކޮލެޖު އައްޑޫ ކެމްޕަސް،ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަސް،ވިލާ ކޮލެޖު ލޭކް ސައިޑް ކެމްޕަސް (ށ.ފުނަދޫ) ވިލާ ކޮލެޖު މަހިބަދޫ ކެމްޕަސް އަދި ވިލާ ކޮލެޖު ފުވައްމުލަކުގައި ވެސް މި ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައި ކަމަށް ވިލާ ކޮލެޖުން މައުލޫމާތު ދެއެވެ.

މިކޯސްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް ފޯމް ހުށަހަޅަން ޖެހޭ ތާރީހަކީ 6 އޮގަސްޓް 2017 ކަމަށާއި ކޯސްތަކުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުގެ ފުރަތަމަ ދެހަފްތާ ތެރޭގައި ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355