twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހދ އަށް އަމާޒުކޮށްގެން ޔޫތް ލީޑަރޝިޕް ޕްރޮގުރާމް ކުޅުދުއްފުށީގައި ފަށަނީ

Jul 4, 2017

ޔޫއެންޑީޕީ އިން ކުރިއަށް ގެންދާ ޔޫތް ލީޑަރޝިޕް ޕްރޮގުރާމް ވަރަށް އަވަަހަށް ކުޅުދުއްފުށީގައި ފެށުމަށް ވަނީ ހަމަޖެހިފައި އެވެ.

ޔޫއެންޑީޕީ އިން މައުލޫމާތު ދޭގޮތުގައި މިއަހަރުގެ ޔޫތް ލީޑަރޝިޕް ޕްރޮގުރާމް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހދ ގެ އަތޮޅަށް އަމާޒްކޮށްގެންނެވެ.

ހދ އަތޮޅަށް ޓާގެޓް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މިދިޔަ އަހަރު ކުރެވުނު ސާވޭއަކަށް ބިނާކޮށް ކަމަށާއި އެއީ ޔޫއެންޑީޕީން ކުރިއަށް ގެންދާ ޕްރޮގުރާމްް ތަކުގައި ހދ އަތޮޅުން ގިނަ ޒުވާނުންތަކެއް ބައިވެރިވާތީ ކަމަށެވެ. އޭގެ އިތުރުން ޔޫއެންޑީޕީ ގެ ގަވާނަންސް ޕްރޮގުރާމްގައި ހިމެނޭ 5 އަތޮޅުގެ ތެރެއިން 1 އަތޮޅަކީ ހދ އަތޮޅު ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ޔޫއެންޑީޕީން މައުލޫމާތު ދޭގޮތުގައި މި ޕްރޮގުރާމް އަކީ ހދ ގެ އެކިހިސާބުތަކުގައިވާ ޒުވާން ކުދިންނަށް ތަފާތު ކަންކަމާއި ބެހޭގޮތުން މައުލޫމާތު ދީ ހިޔާލު ހޯދުމަށް ކުރިއަށް ގެންދާ ޕްރޮގުރާމެއް ކަމަށެވެ. އޭގެ ތެރޭގައި ސިއްހަތު، ލީޑަރޝިޕް ސްކިލްސް، ޕީސް ބިލްޑިންގް، ހިއުމަން ރައިޓް، ޗެންޑާ އީކުއައިލިޓީ އާއި ސެލްފް ޑިފެންސްގެ އިތުރުން ސަސްޓެއިނަބަލް ޑެވެލޮޕްމެންޓް ހިމެނޭ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މިމަހު 9 ން 14 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ޕްރޮގުރާމްގައި ޖުމްލަ 20 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި އެވެ. އަދި މިހާތަނަށް 15 ކުދިން ނަންނޯޓު ކުރެވިފައިވާ ކަމަށްވެސް ޔޫއެންޑީޕީން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން މިއީ އެކުވެރި މަޖާ މާހައުލެއްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެއް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ޔޫއެންޑީޕީން މައުލޫމާތު ދޭގޮތުގައި 16 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު މިޕްރޮގުރާމްގައި ނަންނޯޓު ކުރުމަށް ޔޫއެންޑީޕީގެ އެފްބީ ޕޭޖަށް “ޔޫތް ލީޑަރޝިޕް ޕްރޮގުރާމް” ގައި ބައިވެރިވުމަށް ބޭނުންވާ ސަބަބު މެސެޖަކުން ފޮނުވާލުމަށް ވަނީ އެދިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355