twitterviber whatsapp telegramfacebookyoutube instagram
28th March 2024

ފެނަކައިން ފޯރުކޮށްދޭ ކަރަންޓް ހިދުމަތުގެ އަގު ހެޔޮކޮށްފި

Jul 4, 2017

ފެނަކަ ކޯޕަރޭޝަނުންދޭ ކަރަންޓުގެ ހިދުމަތުގެ އަގު ހެޔޮކޮށްފި އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ވިދާޅުވީ ކަރަންޓުގެ އަގަށް ގެނައި ބަދަލާއެކު މިފަހަރު އަގުހެޔޮކޮށްފައިވަނީ ޔުނިޓަކުން 38 ލާރި ކަމަށެވެ.

ޝަރީފު ވިދާޅުވީ ތެލުގެ އަގު ހެޔޮކުރުމާއި އެކު އެކުންފުނިން ތެލަށްކުރާ ހޭދަވެސް ކުޑަވެގެންދާނެ ކަމަށާއި، އެހެންކަމުން އޭގެ ސަބަބުން ކުންފުންޏަށް ލިބޭ އާމްދަނީން ރައްޔިތުންނަށް ލުޔެއް ހޯދަދިނުމަަކީ އެކުންފުނީގެ އަމާޒުކަމަށެވެ. އަދި ކަރަންޓުގެ އަގަށް ގެނައި ބަދަލު ބިނާވެގެންވަނީ ތެލުގެ އަގަށް އަންނަ ބަދަލެއްގެ މައްޗަށް ކަމަށާއި، މި ބަދަލު ހަމަ ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ

ފެނަކަ ކުންފުނިން ފޯރުކޮށްދޭ ކަރަންޓުން ޔުނިޓަކުން 38 ލާރި އަގު ހެޔޮކޮށްފައި ވާއިރު، ޝަރީފް ވިދާޅުވީ އަންނަ ޖުލައިމަހުން ފެށިގެން ކަރަންޓް ބިލް އަންނައިރު ބިލް ކުޑަވާނެ ކަމަށެވެ. އެގޮތުން ސުމަކުން ފެށިގެން 100 ޔުނިޓާއި ހަމައަށް ގާތްގަނޑަކަށް 17 ޕަސެންޓު ކުޑަ ވާނެ ކަމަށެވެ.

މީގެ އިތުރަށް ކަރަންޓުގެ ދެވަނަ ގެޓަގަރީ ކަމުގައިވާ 100 ޔުނިޓާއި 200 ޔުނިޓާ ދެމެދުން 15 ޕަސެންޓު އަދި އެންމެ ބޮޑުވެގެން 900 އާއި 1000 ޔުނިޓާއި ދެމެދުގެ ކަރަންޓް ބޭނުންކުރާ ފަރާތްތަކަށް ޑޮމެސްޓިކް ކެޓަކަރީންވެސް ބިލުގެ 9 އިންސައްތަ ހެޔޮވެގެންދާނެ ކަމަށެވެ.

ޝަރީފު ވިދާޅުވީ މި ބަދަލާއެކު އާއްމު ގޭބިސީތަކާއި ވިޔަފާރި ތަކަށްވެސް 5 އިންސައްތަ އާއި 8 އިންސައްތަ ސަލާމަތްކުރެވޭނެ ކަމަށެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355