މިއަދު ފެށުމަށް ހަމަޖެހިފައިވާ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ކުޅުދުއްފުށީ ޓީމަށް ސަޕޯޓުކުރުމަށް ހުރިހާ ރައްޔިތުން ރަތް ކުލައިގައި ހެދުމެއް ލައިގެން ސްޓޭޑިއަމަށް ދިއުމަށް ކައުންސިލުން އެދެފި އެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލްލަތީފް ހަސަން ކޭއޯއަށް ވިދާޅުވީ ކުރިންފަހަރެކޭ އެއްގޮތަށް މިއަހަރުވެސް ރަތް ކުލައިގެ ހެދުމެއް ލައިގެން ވީހާވެސް ގިނަ ރައްޔިތުން ރަށު ޓީމަށް ސަޕޯޓުކުރުމަށް ދަނޑަށް ވަނުމަށް އެދޭކަމަށެވެ.
ކުޅުދުއްފުށީ ސަޕޯޓަރުން ފާހަގަކުރެވިފައިވަނީ ސަޕޯޓްކުރުމަށް ތަފާތު ހުނަރުތައް ގެންގުޅޭ ބައެއްގެ ގޮތުގައި އެވެ. މިދިޔަ އަހަރުތަކުގެ ވެސް ޓީމަށް ހިތްވަރު ދިނުމުގައި މުޅި ރާއްޖެއަށްވަނީ ނަމޫނާ ދައްކާފަ އެވެ.
މިއަދު ހަވީރު ކުޅުދުއްފުށީ ސްޓޭޑިއަމްގައި ކުޅޭ މިމެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުއްޓާއި އޭދަފުށީގެ ޓީމެވެ. ފޯރިގަދަވާނެ ކަމަށް ބެހެވޭ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 3:50 ގައި އެވެ.މި ރަސްމިއްޔާތުގައި އެފްއޭއެމްގެ ސެކެޓަރީ ޖެނެރަލް ބައިވެރިވެލއްވާނެ އެވެ.