ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގެ އޯޕަން ޑޭ އަންނަ ހޮނިހިރުދުވަހު ބާއްވާގޮތަށް ހަމަޖައްސައިފި އެވެ.
އޯފަން ޑޭ އޮންނަނީ ހޮނިހިރުދުވަހުގެ ހެނދުނު 9 މެންދުރު 12 އަށެވެ. އަދި މެންދުރު ފަހު 2 ން ހަވީރު 4 ށެވެ.
ސެޕްޓެމްބަރުމަހު ފަށާ ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމަށް ބާއްވާ މި އޯޕަން ޑޭ އޮންނަނީ ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގަ އެވެ.
ވިލާ ކޮލެޖްގެ ކުޅުދުއްފުށީ ކެމްޕަހާއި ހަވާލުވެހުންނެވި މަރިޔަމް މުހައްމަދު ވިދާޅުވީ ވިލާ ކޮލެޖުން މާލޭގައި ހިންގާ ކޮންމެ ކޯހެއްވެސް ދަރިވަރުން ހަމަވެއްޖެނަމަ ކުޅުދުއްފުށީގައި ފެށޭނެ ކަމަށެވެ. ކޯހެއް ފެށޭނީ މަދުވެގެން 15 ދަރިވަރުން ލިބުމުންނެވެ.
ސެޕްޓެމްބަރުމަހު ކުޅުދުއްފުށީގައި ފަށަން ހަމަޖެހިފައިވާ ކޯސްތަކަކީ ސެޓްފިކެޓް 3 އިން އައިޓީ، ހިއުމަން ރިސޯސް މެނޭޖްމެންޓް، ބިޒްނަސް މެނޭޖްމެންޓް، ސެޓްފިކެޓް 4 އެޗްއާރު( ހިއުމަން ރިސޯސް މެނޭޖްމެންޓް)، ބިޒްނަސް މެނޭޖްމެންޓް ހިމެނެ އެވެ.
މީގެ އިތުރުން މާސްޓާސް އޮފް އެޑިއުކޭޝަނާއި މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓަރޭޝަންވެސް ވަނީ ފަށަން ހަމަޖެހިފަ އެވެ.
އޭނާ ވިދާޅުވީ މިކޯސްތަކުގެ އިތުރުން މާލޭގައި ހިންގާ ކޮންމެ ކޯހެއްވެސް އެކަށީގެންވާ އަދަދަކަށް ދަރިވަރުން ލިބިއްޖެ ނަމަ އެކޯހެއްވެސް ފަށާނެކަމަށެވެ.