ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ ޕީޕީއެމްގެ މެންބަރުކަމުން ވަކިވެވަޑައިގެންފި އެވެ.
ޕީޕީއެމްގެ މެންބަރުކަމުން އިސްތިއުފާދެއްވުމަށް ޝަހުދީ ވަނީ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލަށް ސިޓީ ފޮނުއްވާފައި އެވެ.
ސިޓީގައި ޝަހުދީ ވިދާޅުވެފައި ވަނީ މިވަގުތު އެއްވެސް ސިޔާސީ ޕާޓީއެއްގައި ހުންނަވަން ބޭނުންނުވާތީ ޕީޕީއެމްގެ ދަފްތަރުން އޭނާގެ ނަން އުނިކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލާގައި ޕީޕީއެމްއިން ސޮއިކުރެއްވި 10 މެމްބަރުންގެ ތެރޭގައި ޝަހުދީ ވެސް ހިމެނިވަޑައިގަންނަވައެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި މެމްބަރުންގެ ތެރެއިން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވަނީ ޕީޕީއެމް އިން ވަކިވެވަޑައިގެންފަ އެެވެ.