ކުޅުދުއްފުށީގައި ގިނަ އަހަރުތަކެއް ވަންދެން ކަތީބުކަން ކުރެއްވި އަބުދުލްހަކީމް އަލީ (ފިރޯޒުގެ) އަވަހާރަވެއްޖެ އެވެ.
އަބްދުލްހަކީމްގެ އާއިލާގެ ބޭފުޅަކު ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ އަބްދުލްހަކީމް ހޮސްޕިޓަލަށް ގެންދެވުނީ މިއަދު ހެނދުނު ކަމަށާއި، ހާލު ސީރިއަސް ވެގެން މިއަދު ހަވީރުގެ ވަގުތެއްގައި އައިސީޔޫއަށް ބަދަލުކުރިކަމަށެވެ. އަދި އަވަހާރަވީ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ހާރޓްއެޓޭކެއް ޖެހިގެން މިރޭ 7 އާއި 8 ދޭތެރޭގެ ވަގުތެއްގައި ކަމަށެވެ.
އަބްދުލްހަކީމް އަވަހާރަވީ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް އާއިލާއިން މަސައްކަތް ކުރަމުން ދަނިކޮށެވެ. އަބްދުލްހަކީމް ވަނީ ކުޅުދުއްފުށީގައި ބޮޑު ކަތީބްކަމާއި، ކަތީބުކަން އަދި ރާއްޖެތެރޭގެ ހާއްސަ ވަކީލުކަންވެސް ކުރައްވާފަ އެވެ.
އަބްދުލްހަކީމް އަވަހާރަވީއިރު ދުނިޔޭގައި 3 އަންހެން ދަރިކަނބަލުނާއި 5 ފިރިހެން ބޭފުޅުން އަދި އަތްބަކު ދުނިޔޭގައި އެބަ ތިއްބެވި އެވެ.