twitterviber whatsapp telegramfacebookyoutube instagram
15th August 2026

އިހަވަންދޫ މެންބަރު ވެސް ޕީޕީއެމްއިން ވަކިވެވަޑައިގެންފި

Jul 10, 2017

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ވެސް ޕީޕީއެމްގެ މެންބަރުކަމުން ވަކިވެވަޑައިގެންފި އެވެ.

ޕީޕީއެމްގެ މެންބަރުކަމުން އިސްތިއުފާދެއްވާ މުހައްމަދު ވަނީ ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބުދުﷲ ޔާމީނަށް އިސްތިއުފާގެ ސިޓީ ފޮނުއްވާފައެވެ.

ސިޓީގައި މުހައްމަދު ވިދާޅުވެފައި ވަނީ ސަރުކާރުން މިވަގުތު ރައްޔިތުންގެ މަޖިލީހަށާއި ކޯޓުތަކަށް ހުށައަޅައިގެން ގާނޫނުތަކަށް ގެންނަން މަސައްކަތްކުރާ ބަދަލުތަކަކީ އެބަދަލުތައް ގެނައުމުން ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދީ ރައްޔިތުންގެ ފަރާތުން އަޑުއުފުލުމަށް އެދޭ ބޮޑެތި ހުރަސްތަކަކަށްވާތީ ކަމަށެވެ.

އަދި މިވަގުތު ސަރުކާރު ނިސްބަތްވާ ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުރެ މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުނުކުރެވޭތީ ކަމަށެވެ.

އިހަވަންދޫ ދާއިރާގެ މެންބަރު ޕީޕީއެމްއިން ވަކިވެފައިވާ އިރު ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދު އަދި މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން ވެސް މިއަދު ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އޭގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވެސް މިއަދު ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355