twitterviber whatsapp telegramfacebookyoutube instagram
25th April 2024

ގާނޫނުއަސާސީ ބަދަލުކޮށްގެން ނޫން އެހެން ގޮތަކަށް މެމްބަރުކަމުގެ ގޮނޑިއެއް ގެއްލުވައެއް ނުލެވޭނެ: ނަޝީދު

Jul 12, 2017

ގާނޫނުއަސާސީ ބަދަލުނުކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލުވާލެވޭނެ އިތުރު ހާލަތެއް ކުރިމަތި ނުކުރެވޭނެ ކަމަަށް ގާނޫނީ ވަކީލު އަދި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ މަގާމަށް ހޮވޭއިރު، ތިބޭ ޕާޓީ ފިޔަވައި އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ އެ ޕާޓީއަކުން ވަކިވެއްޖެ ނަމަ މެމްބަރު ކަން ގެއްލޭނެ ކަމަށް ކަނޑައަޅައި ދިނުމަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ނަޝީދު އޭނާގެ ބްލޮގްގައި ވިދާޅުވީ މެންބަރެއްގެ ގޮނޑި ގެއްލޭނެ ހާލަތު ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހަތަރު ހާލަތު ކަނޑައެޅިގެން ބަޔާންކޮށްފައިވަނިކޮށް، އޭގެ ތެރެއަށް އެހެން ހާލަތެއް، ގާނޫނުއަސާސީގެ އެ މާއްދާ އަށް ބަދަލެއް ނުގެނެސް، އިތުރުކުރެވިދާނެ ގޮތެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ.

މެމްބަރު ނަޝީދު ވިދާޅުވީ ޕާޓީ ބަދަލުކުރުމުން މެމްބަރުންގެ ގޮނޑި ގެއްލުވާލެވޭނީ ގާނޫނުއަސާސީ އަށް ބަދަލު ގެނެސް، ކަމާ ގުޅުން ހުރި މާއްދާތައް ދެން އަންނަ އިންތިހާބަކުން ހިނގާ ގޮތަށް ހެދުމުން ކަމަށެވެ. އަދި ދައުރުގެ ތެރޭގައި ގޮނޑި ބަދަލުކޮށްފިނަމަ، އެ މެމްބަރެއްގެ އިންތިހާބީ ހައިސިއްޔަތު ދައުރުގެ ބާކީ އޮތް މުއްދަތަށް ދަމަހައްޓަން ފެނޭތޯ ބެލުމަށް އެދާއިރާއެއްގެ މީހުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

މިދެންނެވި ކަންކަން އެހެންހުރުމާއެކު، ރިޔާސީ ނިޒާމަކަށް ހިންގަންޖެހޭ ގައުމެއްގައި، ބަރުލަމާނީ އުސޫލުތައް ތައާރުފުކުރަން އުޅުމަކީ، ކޮންކަހަލަ ކަމެއްތޯ  ނަޝީދު ވަނީ ސުވާލު އުއްފަދާފައި އެވެ.

އަދި، މިކަން ކޮށްފައިހުރި ޤައުމުތަކުގައިވެސް، އެކަން ކޮށްފައިހުރީ، ގާނޫނުއަސާސީގައި ހިމަނައިގެން، އެމައްޗަށް ތަފްސީލު ޤާނޫނުތައް ހަދައިގެން ކަމަށް ނަޝީދު ވިދާޅުވެފައިވަކޮށެވެ.

“ދައުރެއްގެ މެދުތެރެއިން، ވޯޓެއްގެ ނޯޓިސް ހިނގަހިނގާ އޮއްވައި، ކޯޓަކުން ނެރެން އެދޭ ޙުކުމަކުން، ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވައި މަޖިލިހަށް ފޮނުވާފައިވާ މެންބަރުންތަކެއްގެ ގޮނޑި ގެއްލޭ އާ ސަބަބެއް ނުވަތަ ހާލަތެއް އުފަންކުރުވިދާނެ ކަމަކަށް ހަމައެއްގޮތަކަށްވެސް ނުފެނެ” މަޝްހޫރު ގާނޫނު ވަކީލް ލިޔުންވފައިވެ އެވެ.

އެކަން ކުރެވިދާނެ ހަމައެކަނި ގޮތަކީ ޤާނޫނުއަސާސީގައި އެކަން ކުރެވޭނެގޮތް ބަޔާންކުރުންމާއި އަދި އެ މާއްދާތައް ދެން އަންނަ އިންތިހާބަކުން ހިނގާގޮތަށް ހެދުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

މެޗު ކުޅެމުންދަނިކޮށް ގަވާއިދު ބަދަލުކުރުމަކީ ކުރެވިދާނެ ކަމަކަށް އަމުދުން ދެކެވަޑައިނުގަންނަވާކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355