twitterviber whatsapp telegramfacebookyoutube instagram
15th August 2026

ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ، އުފައްދަން ކައުންސިލުން ނިންމައިފި

Jul 12, 2017

ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ އުފައްދަން ކައުންސިލުން ނިންމައިފި އެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން މިއަދު ކޭއޯއަށް ވިދާޅުވީ ކޯޕަރޭޓިވް ސޮސައިޓީ އުފައްދަން ކައުންސިލުން ފާސްކުރީ އެކަމަށް އެދި ޒުވާނުންތަކެއް އިސްނަގައިގެން ކައުންސިލާ ބައްދަލުކޮށް، މަޝްވަރާކުރުމުން ކަމަށެވެ.

ކުޅުދުއްފުށީ ކޯޕަރޭޓިވް ސޮސައިޓީ އުއްފަދަން ކައުންސިލުން ފާސްކޮށްފައިވާއިރު ހިއްސާއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 100 ރުފިޔާއަށެވެ. 25 އިންސަތައް ކައުންސިލުން ހިއްސާވާއިރު 75 އިންސަތަ ހިއްސާވާނީ ރައްޔިތުންނެވެ.

އަބުދުލް ލަތީފް ވިދާޅުވީ މިކަމުގެ ތަފްސީލީ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރާނެ ކަމަށެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ކޯޕަރޭޓިވް ސޮސައިޓީތައް އުފައްދައިގެން ވިޔަފާރިކުރަމުން ދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355