twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނޮޅިވަރަމް ކައުންސިލުން އެރަށުގައި ހުރި ސަރުކާރުގެ އޮފީސްތަކާ ބައްދަލުކޮށްފި

Jul 13, 2017

ނޮޅިވަރަމް ކައުންސިލުން އެރަށުގެ ސަރުކާރުގެ އިދާރާތަކާ ބައްދަލުކޮށް އެތަންތަނަށް ދިމާވެފައިވާ މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކޮށްފި އެވެ.

އެރަށު ކައުންސިލްގެ ރައީސް އަހުމަދު ރަޝީދު ކޭއޯ އަށް މައުލޫމާތު ދެމުން ވިދާޅުވީ އާ ކައުންސިލްގެ ހައިސިއްޔަތުން އެރަށުގެ ސަރުކާރުގެ އިދާރާތަކާއި ބައްދަލުކޮށް މިވަގުތު އެތަންތަނަށް ދިމާވެފައިވާ މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާނެ ކަމަށާއި އެގޮތުން ފެނަކަ، ހެލްތް ސެންޓާރާއި އަދި ސްކޫލާ ބައްދަލުކޮށް މިހާރު ހުރި ދަތިތައް ސާފުކޮށްފައިވާނެ ކަމަށެވެ.

އަހުމަދު ރަޝީދު ވިދާޅުވީ ފެނަކަ އަށް މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ތެޔޮ ރައްކާކުރެވޭނެ ގޮތެއް ނެތުމާއި އަލަށް ގެވަޅު ދޫކުރި ސަރަހައްދަށް ކަަރަންޓް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ނެތުމުގެ އިތުރުން މިވަގުތު ހުރި އިންޖީނުތަކުގެ ރަށަށް ކަރަންޓް ފޯރުކޮށްދެވޭ ވަރުގެ ކެޕޭސިޓީއެއް ނެތުން ކަމަށެވެ.

އަދި ސްކޫލް އަދި ހެލްތް ސެންޓަރުގައިވެސް ޖާގައިގެ ދަތިކަން ދިމާވެފައިވާ ކަމަށާއި ހެލްތް ސެންޓަރުގައި އެމެޖެންސީ ހާލަތެއްގައި އެނދުގެ ދަތިކަން ކުރިމަތިވާކަމަށާއި އަދި އެކަށީގެންވާ ވަސީލަތްތައް ވެސް ލިބެން ނެތް ކަމަށެވެ. މީގެ އިތުރުން ސްކޫލް ކްލާސް ރޫމްތަކުގެ ދަތިކަމާއި މަލްޓި ޕާރޕަސް ހޯލެއް ނެތުމުން ދިމާވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާކަމަށް އަހުމަދު ރަޝީދު ވިދާޅުވި އެވެ.

މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ވެސް ކައުންސިލުން ސަރުކާރުގެ އިދާރާތަކާއި ކުލަބް ޖަމިއްޔާތަކާއި ބައްދަލުކޮށް ސަރުކާރާ ގުޅިގެން ހައްލުކުރެވޭނެ ކަންތައްތައް ހައްލުކުރުމަށް މަސައްކަތް ކުރާނެ ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355