twitterviber whatsapp telegramfacebookyoutube instagram
15th August 2026

އެމްޔޫއޯގެ ޖަލްސާއެއް މިރޭ ކުޅުދުއްފުށީގައި ބާއްވަނީ

Jul 13, 2017

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ހާއްސަ ޖަލްސާއެއް މިރޭ ކުޅުދުއްފުށީގައި ބާއްވާގޮތަށް ހަމަޖެހިއްޖެ އެވެ.

” ރައްޔިތުންގެ ބަދަލު” ގެ ނަމުގައި ބާއްވާ މިޖަލްސާ އޮންނަނީ މިރޭ 9 ޖަހާއިރު ބަންޑާރަމައިދާނު އެވެ.

މިޖަލްސާގައި ކުޅުދުއްފުށީ އުތުރުދާއިރާގެ މެމްބަރު އަބުދުލް ޤަފޫރު މޫސާ އާއި އެމްޕީ ނާޒިމް އާއި އެމްޕީ ރޮއިޒަނާ އާއި ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ އަބުދުލް މަޖީދު އަބުދުލް ބާރީ، ޖޭޕީގެ އެސްޖީ އަހުމަދު ސަމީރުގެ ބައިވެރިވަޑައިގަންނަވާނެކަމަށް އެމްޑީޕީ މައުލޫމާތު ދެ އެވެ.

މީގެ އިތުރުން އެމްއޯޔޫގެ އިސް ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާނެކަމަށް އެފަރާތުން މައުލުމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355