twitterviber whatsapp telegramfacebookyoutube instagram
23rd April 2024

އަންނަ ހަފްތާ އާ 3 ޑޮކްޓަރުން ކުޅުދުއްފުށީ ހޮސްޕިޓަލާ ގުޅެނީ

Jul 13, 2017

އަންނަ ހަފްތާތެރޭގައި އާ 3 ޑޮކްޓަރުއްގެ ހިދުމަށް ކުޅުދުއްފުށީ ހޮސްޕިޓަލުގައި ފަށާނެ ކަމަށް ނޫރުލް އިސްލާމް އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑް (އެންއައިއައި) ބުނެފި އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ހޮސްޕިޓަލް ހިންގާ ނޫރުލް އިސްލާމް އިންޓަރޭޝަނަލްގެ ޑިރެކްޓަރ އަލީ އުސައިދު ވިދާޅުވި ގޮތުގައި މި އަންނަ ހަފްތާ ތެރޭގައި 3 ޑޮކްޓަރުގެ ހިދުމަތް ލިބޭނެ ކަމަށެވެ. އެއީ ސާޖަރން އަކާއި އެތެރެހަށީގެ ޑޮކްޓަރެއްގެ އިތުރުން އައިސީޔޫ ސްޕެލިސްޓެއް ކަމަށެވެ.

މީގެ އިތުރުން 11 ޑޮކްޓަރުން މިހާރުވެސް ގެނައުމުގެ ތައްޔާރީތަށް ކުރަމުންދާ ކަމަށާއި މިކޮޅުގެ ހިދުމަތްތަށް އިތުރުވާ ވަރަކުން އިތުރު ޑޮކްޓަރުން ގެންނާނެ ކަމަށް އުސައިދު ވަނީ ވިދާޅުވެފައި އެވެ.

އަދި އުސައިދު މައުލޫމާތު ދިންގޮތުގައި އިއްޔެގެ ވަގުތެއްގައި ކުޅުދުއްފުށީ ހޮސްޕިޓަލަށް ހާރޓްއެޓޭކެއް ޖެހިގެން ގެނައި 70 އަހަރުގެ ބަލި މީހެއްގެ ހާލު ވަނީ މި ޑޮކްޓަރުންގެ އެހީގައި ވަރަށް ރަގަޅު ކޮށްފައި ކަމަށެވެ.

މިހާރު ކުޅުދުއްފުށީ ހޮސްޕިޓަލަކީ 50 އެނދުގެ ހޮސްޕިޓަލަކެވެ. އަދި 19 މަސް ދުވަހުގެ ތެރޭގައި 150 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުވެގެންދާނެ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލް ނިމްސްއާ ހަވާލުކުރަނީ 50 އަހަރުގެ މުއްދަތަކަށް ވާއިރު ތަރައްގީކޮށް ނިމޭއިރު، އެމްއާރުއައި އާއި ސީޓީ ސްކޭން އަދި ހުޅު ބަދަލުކުރުމާއި ހިތުގެ އޮޕަރޭޝަން ފަދަ ބޮޑެތި އޮޕަރޭޝަންތައް އެތަނުގައި ކުރެވޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355