5 ދާއިރާއަކުން ތިލަދެނުކު ޝަރަފުވެރިކަމުގެ އިނާމަށް ނަން ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ތިލަ ދެކުނު ޝަރަފްވެރި އިނާމަކީ ހދ.އަތޮޅަށް ޝަރަފުވެރި ވަނަތަކާއި މަގާމުތައް ހޯދައި ފަރާތްތަކަށާއި ތަފާތު ދާއިރާތަކުން ހދ އަތޮޅަށް ފާހަގަކުރެވޭ ހިދުމަތްތައް ކޮށްދީފައިވާ ފަރާތްތައް ފާހަގަކުރުމަށާއި އަދި ހދ.އަތޮޅު ސްކޫލްތަކުގައި ކިޔަވައި ދަރިވަރުން ސްކޫލް ދައުރުގައި ތައުލީމީ ރޮނގުން ހޯދައި ކާމިޔާބީތައް ފާހަގަކޮށް މަތީ ވަނަތައް ހާސިލުކުރާ ފަރާތްތަކަށް ހދ.އަތޮޅު ކައުންސިލުން ބާއްވަމުން އަންނަ އިނާމެކެވެ.
މިއިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ، ޝަރަފްވެރިކަމުގެ އިނާމު، ހިއްވަރުދިނުމުގެ އިނާމު، ކައުންސިލުންދޭ ހާއްސަ އިނާމު މަތީ ދަރަޖަ ހޯދާ ފަރާތްތަކަށްދޭ އިނާމު އަދި ހިންގުންތެރިކަމުގެ އިނާމެވެ.
މީގެ އިތުރުން އަތޮޅުގެ އެންމެ ހިންގުންތެރި ކައުންސިލްތަކާއި ސްކޫލް މަދަރުސާތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ކުލަބު ޖަމްއިއްޔާތައް ފާހަގަކޮށް އެފަރާތްތަކަށްވެސް އިނާމު ދިނުމަށް މިއަހަރުވެސް ހަމަޖެހިފައި ވެއެވެ.
އިނާމަށް ނަން ހުށަހަޅަން އެދޭ ފަރާތްތަކުން 2017 ސެޕްޓެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރައްވާ ހދ.އަތޮޅު ކައުންސިލް އިދާރާއަށް ނުވަތަ އެރަށެއްގެ ރަށުކައުންސިލް އިދާރާއަށް ހުށަހެޅުއްވުމަށް އަތޮޅު ކައުންސިލުން އެދެއެވެ.