ދުވާލަކު 2 މިނެޓު ދުވެލުމުން ކަށީގެ ދުޅަހެޔޮކަން އިތުރުކޮށްދޭ!

ނަސްވާ ޙަސަން - 1 މަސް ކުރިން - 1 އޯގަސްޓް 2017



ދުވާލަކު ދެ ތިން މިނެޓަކު ބަރުއުފުލައިގެ ދުވެލުމުން ކަށީގެ ދުޅަހެޔޮކަން އިތުރުކޮށްދޭ ކަމަށް ފަހުގެ ދިރާސާއަކުން ހާމަވެއްޖެ އެވެ.

ޔުނިވާސިޓީ އޮފް އެކްސްޓާސްގެ، ލީޑް އޯދަރ ވިކްޓޯރިޔާ ސްޓައިލްސް ކުރި ދިރާސާއަކުން ހާމަވާގޮތުގައި އަންހެނުން 60-120 ސިކުންތަށް ކޮންމެ ދުވަހަކު ދުވާމީހެއްގެ ކަށީގެ ދުޅަހެޔޮކަން 4 ޕަސެންޓް އިތުރު ކަމަށެވެ. އަދި މިނެޓަކަށް ވުރެ މަދުން ދުވާ މީހަކާއި އަޅާ ބަލާއިރު 6 ޕަސެންޓް ކަށީގެ ދުޅަހެޔޮކަން އިތުރު ކަމަށެވެ.

ސްޓައިލްސް ބުނާގޮތުގައި މިއީ 2500 އަށް ވުރެ ގިނަ އަންހެނުން ބޭނުން ކޮށްގެން ކުރި ދިރާސާއެއް ކަމަށެވެ. އަދި މަދު އިރުކޮޅަކު ދުވުމަކީ ރަނގަޅު ކަމެއް ކަމަށް އަދި ގިނަ ބަޔަކަށް ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް ހަފްތާއަކު 2 ދުވަހު ގިނައިރު ކަސްރަތުކޮށްފައި ބާކީ ހުރި ދުވަސްތަކުގައި ކަސްތަރު ނުކުރާ މީހަކާއި ކޮންމެ ދުވަހަކު 2 މިނެޓް ބަރުއުފުލައިގެން ދުވާ މީހަކާއި ހަމަހަމަ ކަމަށެވެ.

އޭގެ އިތުުރުން އިންޓަނޭޝަނަލް ޖާނަލް އޮފް އެޕިޑެމިއޮލޮޖީގައި ވެސް ބުނެފައިވާ ގޮތުގައި ބަރު ބޭނުންކޮށްގެ ކަސްރަތު ކުރާ އަންހެނުންގެ ކަށީގެ ދުޅަހެޔޮކަން އިތުރު ކަމަށެވެ.

އަދި ކަށީގެ ދުޅަހެޔޮކަން އިތުރުވުމުގެ ސަބަބުން މުސްކުޅިވުމުން ހަށިތަށް ފީވެ ހަލާކުވުމުން ދުރުކޮށްދޭ ކަމަށް ސްޓައިލްސް ބުނެފައި ވެއެވެ.