twitterviber whatsapp telegramfacebookyoutube instagram
15th August 2026

އިހަވަންދޫގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފި

Jul 22, 2017

ހއ.އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އެރަށުގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފިއެވެ.

ޕޮލިސް މީޑިޔާއިން މައުލޫމާތު ދޭ ގޮތުގައި މިމަހު 18 އަދި 19 ވަނަ ދުވަހުގެ ހަވީރު ހިންގި މި އޮޕަރޭޝަންގައިި އެރަށުގައި ދުއްވާ އިންޖީނުލީ 28 އުޅަނދެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި ލައިސަންސް ނެތި ސައިކަލު ދުއްވާ ފަރާތްތަކާއި ސައިކަލުގެ އަހަރީފީއާއި ރޯޑުވާދިނަސްއާއި އިންޝުއަރެންސް ސްޓިކާ ހަމަތޯ ބަލައިފައިވާ ކަމަށާއި ޤަވައިދާ ހިލާފްވި 3 ފަރާތަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށެވެ.

މި އޮޕަރޭޝަނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިހަވަންދޫގައި ދުއްވާ އުޅަނދުތަކަކީ ޤާނޫނާއި ޤަވައިދާ އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމުގެ ގޮތުން ހިންގި އޮޕަރޭޝަނެއް ކަމަށް ޕޮލިސް މީޑިޔާއިން މައުލޫމާތު ދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355