twitterviber whatsapp telegramfacebookyoutube instagram
28th March 2024

ކުޅުދުއްފުށީ ހޮސްޕިޓަލްގެ ލެބޯޓަރީގެ ހިދުމަތް އަވަސްކޮށްފި

Jul 22, 2017

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުންދޭ ލެބޯޓަރީގެ ހިދުމަތް އަވަސްކޮށްފި އެވެ. ކުރިން ޑިއުޓީއެއްގައި ލޭ ނެގުމަށް ހުންނަނީ އެންމެ ލެބޯޓްރީ ޓެކްނީޝަނެއްކެވެ. ނަމަވެސް މިހާރު އެއްފަހަރާ 3 މީހުންނަށް ލޭ ނެގޭނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ.

ކުޅުދުއްފުށީ ހޮސްޕިޓާ ހިންގާ އެންއައިއައިގެ ޑިރެކްޓަރު އަލީ ހުސެއިދު ވިދާޅުވީ މި ބަދަލާއެކު ހިދުމަތް ހޯދައި އެއްތައް ރައްޔިތުންނަކަށް ލުއި ފަސޭހަ ވެގެންދާނެ ކަމަށެވެ.

“ހާއްސަކޮށް ކައިރި ރަށްރަށުން ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ، ބާރު ބޮޑު ދުވަސްތަކުގައި ލެބޯޓަރީ ހިދުމަތް ނުލިބި ދެ އިރުވެސް ތިބެން އެބަޖެހޭ، އެހެންކަމުން ނަތީޖާ ލިބުމާއެކު ޑޮކްޓަރަށް ނުދައްކާ މިޖެހޭނީ ރަށަށްދާން ފުރަން، މިހާރު އެންމެ ބާރު ބޮޑު ދުވަސްތަކުގައި ވެސް ތިބެންޖެހޭނީ ތިން މިނިޓް،” އުސައިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ތިން މިނިޓް ތެރޭގައި ލޭ ނަގައި ސާމްޕަލް ދިނުމަށްފަހު ދެގަޑިއިރެއްހާއިރު ތެރޭގައި ނަތީޖާ ލިބިގެންދާނެ ކަމަށެެވެ. އެކަމުގެ ސަބަބުން އެދުވަހު ނަތީޖާ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

ލެބޯޓަރީގައި ހިދުމަތް ދިނުމުގައި ހުރި އުސޫލުތަކަށް ބަދަލުގެނެސް މިހާރު އެއްފަހަރާ ތިން މީހުންނަށް ލޭ ނެގޭނެ ގޮތް ވަނީ ފަހިވެފަ އެވެ. ލެބޯޓަރީގެ ތެރެއަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

އެންއައިއައި އިން ކުޅުދުއްފުށީ ހޮސްޕިޓަލާ ހަވާލުވި ފަހުން މުޅިން އަލަށް ވަނީ އައިސީޔޫއަށް ހާއްސަ ޑޮކްޓަރެއް ގެނެސް ހިދުމަތް ދޭން ފަށާފަ އެވެ. ހުސެއިދު ވިދާޅުވީ އައިސީޔޫއަށް ގެނައި ޑޮކްޓަރަކީ ތަޖުރިބާކާރު ޑޮކްޓަރެއްކަމުން، އޭނާގެ ތަޖުރިބާގެ އަލީގައި އައިސީޔޫ އަޕްގުރޭޑްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355