twitterviber whatsapp telegramfacebookyoutube instagram
25th May 2025

ހަނިމާދޫ ސްކޫލްގެ އެކޯ ކްލަބުން ގޮނޑުދޮށް ސާފުކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

Jul 23, 2017

ހަނިމާދޫ ސްކޫލްގެ އީކޯ ކްލަބުގެ ފަރާތުން ގޮނޑުދޮށް ސާފު ކުރުމުގެ ފްރޮގްރާމެއް ހިންގައިފި އެވެ.

ހަނިމާދޫ ސްކޫލްގެ ޕްރިންސިޕަލް އަބްދުލް މުހުސިން ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ އިއްޔެގެ މި ހަރަކާތުގައި އެ ސްކޫލް ގްރޭޑް 5 މަތީގެ ހުރިހާ ދަރިވަރުން ބައިވެރިވެފައިވާ ކަމަށާއި މީގެ އިތުރުން ބެލެނިވެރިންނާއި ސްކޫލުގެ ސްޓާފުންވެސް ސާފު ކުރުމުގައި ހަރަކާތްތެރިވި ކަމަށެވެ.

އިއްޔެގެ މި ހަރަކާތުގައި ރަށުގެ މޫނުމަތި އެއްކޮށް ސާފުކުރެވިފައިވާ ކަމަށާއި އެގޮތުން ގިނައިން ނެގިފައިވަނީ ޕްލާސްޓިކް ގެ ބާއްވަތްތަކުގެ ކުނި ކަމަށް މުހުސިން ވިދާޅުވި އެވެ.

މީގެ އިތުރުންވެސް އީކޯ ކްލަބުގެ ފަރާތުން ތިމާވެއްޓަށް ދަރިވަރުން އަހުލުވެރި ކުރުވުމަށް ހަރަކާތައް ކުރިއަށް ގެންގޮސްފައި ވާނެ ކަމާށާއި ބީޗް ކްލިނިން ހަރަކާތް މިދިޔަ އަހަރުތަކުގައިވެސް ކުރިއަށް ގެންގޮސްފައިވާނެ ކަަމަށްވެސް މުހުސިން ވިދާޅުވި އެވެ.

ކުރިއަށް އޮތްތަނުގައި މިފަދަ އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށާއި އެހެންނަމަވެސް ގޮނޑުދޮށް ސާފުކޮށް ބޭއްވުމަށް އެންމެގެވެސް އެއްބާރުލުން ބޭނުންވާކަން މުހުސިން ފާހަގަކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355