twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުށީ ކައުންސިލުން މިމަހު 28 ގައި ރައްޔިތުންނާ ބައްދަލުކުރަނީ

Jul 23, 2017

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައިވާގޮތަށް، ކުޅުދުއްފުށީގެ ރައްޔިތުންނަށް އާންމުކޮށް ހުޅުވާލާފައިވާ ބާއްވާ ބައްދަލުވުން މިމަހު 28 ގައި ބާއްވާނެކަމަށް ކައުންސިލުން ބުނެފި އެވެ.

މި ބައްދަލުވުން އޮންނަނީ މިމަހު 28 ވަނަ ދުވަހުގެ ރޭ 9 ޖަހާއިރު ޖަލާލުއްދީން ސްކޫލު ހޯލްގަ އެވެ.

ރައްޔިތުންނަށް މަޢުލޫމާތު ދިނުމާ ބެހޭގޮތުން ލޯކަލް ކައުންސިލް ގާނޫނުގެ 110 ވަނަ މާއްދާގައި ވަނީ “ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލާފައިވާ ބައްދަލުވުމެއް ކޮންމެ އަހަރަކު ފެބްރުއަރީ އާއި ޖުލައި މަހު ސިޓީ ކައުންސިލުންނާއި ރަށްރަށުގެ ކައުންސިލްތަކުން ބާއްވަންވާނެއެވެ. މިގޮތުން ފެބްރުއަރީ މަހު ބާއްވާ ބައްދަލުވުމުގައި ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓާއި އޮޑިޓް ރިޕޯޓް ރައްޔިތުންނަށް ހުށަހަޅަން ވާނެއެވެ. އަދި ޖުލައި މަހުގައި ބާއްވާ ޢާއްމު ބައްދަލުވުމުގައި ކައުންސިލްގެ ކުރިއަށްއޮތް އަހަރުގެ މަސައްކަތުގެ ތާވަލާއި ބަޖެޓު ރައްޔިތުންނަށް ހުށަހަޅައި ހިޔާލު ހޯދަން ވާނެއެވެ. މިގޮތުން ރައްޔިތުންނާއި ބައްދަލުކުރުމުގެ 7 (ހަތެއް) ދުވަސް ކުރިން އެ ރިޕޯޓުތަކާއި ޕްލޭންތަކާއި ބަޖެޓުގެ މަޢުލޫމާތު ޢާއްމުކޮށް ހާމަކުރަންވާނެއެވެ. މީގެ އިތުރުން ތަރައްޤީގެ ޕްލޭނަށް ޢަމަލީ ސިފަ އަންނަމުންދާ ގޮތުގެ މަޢުލޫމާތު މަދުވެގެން ދެމަހުން އެއްމަހު ކައުންސިލުން އާންމުކޮށް ހާމަކުރަންވާނެ އެވެ.

ނިމި ދިޔަ ކައުންސިލުން ރައްޔިތުންނާ ބައްދަލުކޮސްފައިވަނީ އެންމެ ފަހަރުކަން ފާހަގަކޮށްލެވެ އެވެ. އެކަމުގެ ސަބަބުން އެކައުންސިލަށް ރައްޔިތުންގެ ފަރާތުން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެގެން ދިޔަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355