twitterviber whatsapp telegramfacebookyoutube instagram
21st July 2025

ގޮހޮރުގެ ކާމިޔާބު އޮޕަރޭޝަނެއް ކުޅުދުއްފުށީ ހޮސްޕިޓަލްގައި ކޮށްފި

Jul 24, 2017

ކުޑަ ގޮހޮރުގެ ކާމިޔާބު އޮޕަރޭޝަނެއް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްކޮށްފި އެވެ.

74 އަހަރުގެ ފިރިހެނެއްގެ މި އޮޕަރޭޝަން ކޮށްފައިވަނީ މިދިޔަ ހޮނިހިރުދުވަހު އެވެ. އެމީހާ އެއޮޕަރޭޝަން ކުރި ޑޮކްޓަރުންނާ ހަވާލާދީ ހޮސްޕިޓަލުން ބުނީ އެމީހާގެ ކުޑަ ގޮހޮރުން ބައެއް ބުރިކޮށްލުމަށް އަލުން ގުޅުވާލީ ކަމަށެވެ.

” ކުޑަ ގޮހޮރުގައި މައްސަލަ ޖެހިފައި އިނީ. ހަލާކުވެފައި އިން ބައި ބުރިކޮށްލުމަށްފަހު އަލުން ގުޅާލީ ” އެމިހާ އޮޕަރޭޝަން ކުރި ޑޮކްޓަރުންނާ ހަވާލާދީ މުހައްމަދު ހާލިދު ވިދާޅުވި އެވެ.

ހޮސްޕިޓަލުގެ ފަރާތުން ވާހަކަ ދައްކަވަމުން މުހައްމަދު ހާލިދު ވިދާޅުވީ މިހާރު އެމީހާގެ ހާލު ރަނގަޅުވަމުން އަންނަކަމަށާއި މިއަދު އެމީހާ ތެދުވެ، ހިނގާލައި އުޅޭ ކަމަށެވެ. މުހައްމަދު ވިދާޅުވީ ކުޅުދުއްފުށީ ހޮސްޕިޓަލުގައި މިފަދަ އޮޕަރޭޝަންތައް މަދުން ކުރި ނަމަވެސް މިއީ އާދައިގެ ކުޑަ އޮޕަރޭޝަނެއް ކަމަށެވެ.

މީގެ ކުރިން ކުޅުދުއްފުށީ ހޮސްޕިޓަލުގައި ބޮޑު ގޮހޮރުގެ ބައެއް އޮޕަރޭޝަންތައް ވަރަށް މަދުން ކޮށްފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355