twitterviber whatsapp telegramfacebookyoutube instagram
28th March 2024

ބީއެމްއެލް އިން ލަފާކުރި ވަރަށް ވުރެ ރަނގަޅު ނަތީޖާއެއް އަހަރުގެ މިހާތަނަށް ހޯދައިފި

Jul 24, 2017

ބޭންކް އޮފް މޯލްޑިވްސް އަށް ލިބޭނެކަމަށް ލަފާކުރި މާލީ ނަތީޖާއަށް ވުރެ ރަނގަޅު މާލީ ނަތީޖާއެއް 2017 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ އިތުރުން އަހަރުގެ މިހާތަނަށްވެސް ހޯދައިފި ކަމަށް އެ ބޭންކުން ހާމަކޮށްފި އެވެ.

2016 ވަނަ އަހަރުގެ ރެކޯޑް ފައިދާއަށް ފަހު ބީއެމްއެލްއިން ފަށާފައިވާ ފުޅާ އިންވެސްޓްމަންޓް ޕްރޮގްރާމާއެކު ހިންގުމުގެ ހަރަދު އިތުރުވެފައިވުމާއި ފައިދާގެ ރޭޓްތައް ކުޑަކޮށްފައިވާތީވެ 2017 ވަނަ އަހަރު ފައިދާއަށް އަސަރުކޮށްފާނެކަމަށް ބީއެމްއެލް ވަނީ ލަފާކޮށްފައިވީ ނަމަވެސް ހިންގުމަށް ބޮޑު ހަރަދެއް ކުރަމުން އަދި އިންވެސްޓްމަންޓްތައް ކުރިޔަށް ގެންދަމުންވެސް ބީއެމްއެލްއިންވަނީ މި ކުއާޓަރގައި ވިޔަފާރީގެ މައިގަނޑު ހުރިހާ ދާއިރާއަކުންވެސް ހަރުދަނާ ކުރިއެރުންތަކެއް ހޯދާފަކަމަށް ބީއެމްއެލްއިން މައުލޫމާތު ދެއެވެ.

ލޯނު ދޫކުރެވުނު ނިސްބަތް ހަރުދަނާ މިންވަރެއްގައި ދެމެހެއްޓެމުންދާއިރު ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފައި ކަމަށާއި މިއަދު ހާމަކުރި ނަތީޖާތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ޓެކްސްއަށް ނުކަނޑައި ފައިދާގެ ގޮތުގައި ބީއެމްއެލްއަށް 592 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ބޭންކުން މައުލޫމާތު ދެއެވެ.

މިއީ 2016 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހާ އެއްމިންގަނޑެއްގައި އަޅާބަލާއިރު %17 ޕަސެންޓްގެ ކުރިއެރުމެކެވެ.

2017 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ބީއެމްއެލްއިން ކުރިޔަށް ގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމް ފުޅާކުރުމުގެ ގޮތުން އަލަށް 3 ބްރާންޗް ހުޅުވައި 11 ސެލްފް ސާވިސް ބޭންކިންގ ސެންޓަރ ވަނީ ގާއިމްކޮށްފައެވެ. އަދި ހަމައެހެންމެ މުޖުތަމަޢަށް ފައިދާ ހުރި ޕްރޮގްރާމްތައް ހިންގުމަށްޓަކައި 30 ޖަމިއްޔާއަކާއެކު މަޝްރޫޢު ހިންގައި އަދި ފައިސާގެ އެހީތެރިކަން ވަނީ ފޯރުކޮށްދެވިފައެވެ. މި އަހަރު މަދުވެގެން 22 ރަށެއްގަައި 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމް ހިންގުމަށް ނިންމާފައިވާއިރު މި ޕްރޮގްރާމްގެ ތެރެއިން 150 އާ ވަޒީފާ އުފެދިގެން ދާނެއެވެ. މޮބައިލް އަދި އިންޓަނެޓް މެދުވެރިކޮށް ހިދުމަތް ހޯދުމަށް ބޮޑު ޑިމާންޑެއް އުފެދެމުން އަންނައިރު މިހާރުވެސް ކުރެވޭ މުއާމަލާތްތަކުގެ %90 އަކީ އޮންލައިންކޮށް ކުރެވޭ މުޢާމަލާތްތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355