twitterviber whatsapp telegramfacebookyoutube instagram
14th September 2025

ނޮޅިވަރަންފަރުގައި އައިޑީކާޑް ޔުނިޓެއް ގާއިމްކޮށް ހިދުމަތް ދޭން ފަށައިފި

Jul 25, 2017

ހދ ނޮޅިވަރަންފަރު ކައުންސިލް އިދާރާގައި އައިޑީކާޑް ޔުނިޓެއް ގާއިމްކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ މި ހިދުމަތް ފެށި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭން ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހު ކަމަށާއި މިއީ އެރަށުގެ ރައްޔިތުންނަށް ނުހަނު ބޭނުންވެފައިވާ ހިދުމަތެއް ކަމަށެވެ.

އަހުމަދު ވިދާޅުވީ ޑީއެންއާރުގެ ފަރާތުން ސިސްޓަމްތައް އެރަށައް ލިބިފައިވަނީ މި އަހަރުގެ ކުރީކޮޅު ކަމަށާއި އެހެން ނަމަވެސް މުވައްޒަފުން ތަމްރީން ކުރުމަށް ދިމާވި ދަތިތަކާއި ރަޖިސްޓްރޭޝަން ސިސްޓަމްއަށް އައި ބަދަލާއިއެކު މި މަސައްކަތް ފެށުން ލަސްވީ ކަމަށެވެ.

މި ހިދުމަތް ރަސްމީ ބަންދު ދުވަސްތައް ފިޔަވާ ކޮންމެ ދުވަަހަކު ހެނދުނު 09:00 ން މެންދުރު 12:00 އަދި މެންދުރުފަހު 1:00 ން 1:30 އަށް ލިބޭނެ ކަމަށާއި އެގޮތުން އައިޑީ ކާޑު ފޯމް ދޫކުރުމާއި ބަލައިގަތުން، އައިޑީ ކާޑަށް ބޭނުންވާ ފޮޓޯ ނެގުންމުގެ ހިދުމަތްވެސް ލިބޭނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.

މީގެ އިތުރުން މި ހިދުމަތައް ދިނުމަށް މުވައްޒަފުން ތަމްރީން ކުރުމަށާއި ހިދުމަތް ފެށުމައްޓަކައި ހދ އަތޮޅު ކައުންސިލްގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަން އަހުމަދު ފާހަގަ ކުރެއްވި އެވެ.

ހދ އަތޮޅުގެ ކައުންސިލުތަކުގެ އައިޑީ ކާޑު ޔުނިޓް ގާއިމް ކުރުމުގެ މަސައްކަތަކީ އަތޮޅު ކައުންސިލުގެ އިސްނެގުމުގެ މަތިން ކުރާ މަސައްކަތަކެއްކެވެ.

.

އައިޑީ ކާޑުގެ ހިދުމަތް ރަށްރަށުގައި ދޭން ފަށާފައިވަނީ އެކަމަށް ބޭނުންވާ މުވައްޒަފުންނަށް ހދ.އަތޮޅު ކައުންސިލުން ތަމްރީން ދިނުމަށް ފަހުގަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355