twitterviber whatsapp telegramfacebookyoutube instagram
17th May 2024

ގޮންޖެހުންތަކަކާއެކުވެސް މި މަސައްކަތް ކުރަނީ ގައުމާއި މެދު އުންމީދުތަކެއް ކުރައްވާތީ: ރައީސް

Jul 26, 2017

ގޮންޖެހުންތަކަކާއި އެކުވެސް މަސައްކަތް ކުރައްވަނީ ގައުމާމެދު އުންމީދުތަކެއް ކުރައްވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔަމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔަމީން އަބްދުލްޤައްޔޫމް ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ގައުމާ މުހާތަބުކުރައްވައި، ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިއަދު ހަނގުރާމަ ކުރަނީ އިސްލާމްދީން ނޫން އެހެން ދީންތަކަށް ދިވެހި ގޮނޑުދޮށްތަކުން ޖާގަހޯދައިދިނުމަށް ކުރެވޭ މަސައްކަތާ ދެކޮޅަށް ކަމަށެވެ. ދިވެހި ޒުވާނުން އިސްލާމްދީން ދޫކޮށްދިއުމުގެ މައްސަލައަށް ހައްލު ހޯދުމަށް ކަމަށެވެ. އަދި ރައްޔިތުންގެ ފުރާނައާއި މުދަލުގެ ރައްކާތެރިކަން ޔަގީންކުރުމަށާއި ޓެރަރިޒަމާއި ހައްދުފަހަނައަޅާ ދިޔުމާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ކަމަށް ރައީސް ވިދާޅުވި އެވެ..

އެމަނިކުފާނު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަތައް ހައްލުކޮށް އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަމުގެ ނިޒާމުތައް ފުރިހަމަކޮށް ދައުލަތުގެ ދަރަނި އަދާކޮށް ޒަމާނުއްސުރެ ވަޅުޖެހިފައިވާ ދިވެހި އިގްތިސާދު ނަގާ ކޮޅައްޖެހުމުގެ ނިޒާމުތައް ފުރިހަމަކުރުމަށް ކަމަށެވެ. ދިވެހިންގެ އަތުން ބީވުމުގެ ބިރުހީވެފައިވާ ވަޒީފާގެ ބާޒާރު ފަހިކޮށް ދިވެހި ޒުވާނުންގެ ކުރިމަގު އުޖާލާކުރުމަށް ކަމަށް ވިދާޅުވި އެވެ.

މިއީ ފާއިތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި އުފަންވި މައްސަލަތަކެއް ނޫން ކަމަށާއި މިއީ އެމަނިކުފާނުގެ ސަރުކާރަށް ވާރުތަވި މައްސަލަތަކެއްވެސް ނޫންކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނުގެ އަމާޒަކީ ރައްޔިތުންގެ އާމްދަނީ ފުދުންތެރިކަން އިތުރުކުރުމާއި މަސްތުވާތަކެއްޗާއި ކުށުގެ ވެށީގައި ހައްޔަރުވެފައިވާ ޒުވާނުން އެ ވެށިން އަނބުރާ ގެނެސް އެކުދިންނަށް މުޖުތަމައާއި ވަޒީފާގެ މައިދާނުން ފުރުސަތު ހޯދައިދިނުމަށް ކަމަށާއި ކުށްވެރިން ބެލެހެއްޓުމަށް އަދު ރިހިބިލިޓޭޝަން ކުރަންޖެހޭ ބޮޑު ހަރަދު ހޯދުން ކަމަށް ވިދާޅުވި އެވެ..

އަދި ވިދާޅުވީ، ބޯހިޔާވަހިކަމަށާއި ސިއްހަތާއި މަސައްކަތްތެރިންގެ މުސާރައަށް ބޭނުންވާ ފައިސާ ހޯދުމަށް ކަމަށާއި މުޖުތަމައުގައި ހަވާސާވެފައި ތިބި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީވެސް މުސްތަގްބަލެއް އޮތް ކުދިން ކަމުގައި ހަދައިދިނުމަކީ ވެސް އަމާޒެއް ކަމަށެވެ. އެއާއެކު އެކުދިންގެ އުންމީދުތަކުގައި ކުލަ ޖައްސައިދިނުމަށާއި ވެލާނާ އިންޓަރެނޭޝަނަލް އެއަޕޯޓާއި އައި.ޖީ.އެމް.އެޗް އަކީ ސަރަހައްދުގައި ފަހަތައް ޖައްސާނުލެވޭނެ ތަންތަނަށް ހެދުން ކަމަށެވެ.

އޭގެ އިތުރުން ދިވެހި ކުޅުންތެރިންނާއި ދުވުންތެރިންނަކީ ބަލިނުކުރެވޭނެ ބަޔަކަށް ހެދުމަށާއި ފަންނާނުންނަކީ ފަންނީ ރޮނގުތަކުން ދުނިޔޭގެ ލީޑަރުންކަމަށް ހެދުމަކީ އެމަނިކުފާނުގެ އަމާޒުތައް ކަމުގައި ވެސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމާލެއްވީ މިނިވަންކަންމަތީ އަބަދަށް ލެހެއްޓުވުމަށާއި ރައްޔިތުންނަށް އުފާ ފާގަތި ދުވަސްތަކެއް މިންވަރު ކުރެއްވުން އެދި ދުއާކުރައްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355