twitterviber whatsapp telegramfacebookyoutube instagram
17th April 2026

މިނިވަން ދުވަހާއި ގުޅުވައިގެން އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި

Jul 27, 2017

ދިވެހިރާއްޖޭގެ 52 ވަނަ މިނިވަން ދުވަހާއި ގުޅުވައިގެން އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި އެވެ.

ދިރާގުން މިނިވަން ޑޭޓާ ޕެކް ގެ ނަމުގައި މި ތައާރަފް ކުރި ޕްރޮމޯޝަނުގެ ދަށުން ބައްލަވައިގަންނަވާ ޑޭޓާ ޕެކް ދިރާގުން ދެ ގުނަ އަށް ބޮޑު ކޮށް ދެއެވެ.

އަދި މި ޑޭޓާ ޕްލޭންތަށް އެކްޓިވޭޓް ކުރައްވާ ދުވަހުން ފެށިގެން 30 ދުވަހުގެ ނިޔަލަށް ބޭނުން ކުރެއްވޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ 26 ޖުލައި 2017 އިން ފެށިގެން 29 ޖުލައި 2017 ގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގައި ދިރާގުގެ މޯބައިލް ޕްރީޕެއިޑް އަދި ޕޯސްޓޕެއިޑް ކަސްޓަމަރުންވެސް މި ޑޭޓާ ޕްލޭންތަށް އެކްޓިވޭޓް ކުރެއްވޭނެއެވެ.

މިނިވަން ދުވަހާ ގުޅިގެން މި ފަދަ ޕްރޮމޯޝަނެއް ހިންގުމުގެ އެއް މަގުސަދަކީ ދިރާގުގެ ޑިގިޓަލް ވަސީލަތްތައް ބޭނުން ކުރުމުގައި ލުއިފަސޭހަ ތަކެއް ފޯރުކޮށްދިނުން ކަމަށް ދިރާގުން މައުލޫމާތު ދެއެވެ.

މި ޑޭޓާ ޕްލޭން ތަށް އެކްޓިވޭޓް ކުރެއްވުމަށް *123*8# އަށް ޖެހޭނީ ގުޅާލައްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355