twitterviber whatsapp telegramfacebookyoutube instagram
26th April 2024

ކައުންސިލުތައް ހިންގަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާއެކު: އަބުދުލްލަތީފް

Jul 29, 2017

މިނިސްޓްރީތަކުން ކައުންސިލުތަކަށް ދޭންޖެހޭ އެއްބާރުލުން އެންމެ އެކަށީގެންވާ ގޮތެއްގައި ލިބެމުންނުދާތީ ރަށުގެ ތަރައްގީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލްލަތީފް ހަސަން ވިދާޅުވެއްޖެ އެވެ.

ކައުންސިލުން ކުރަމުންދާ މަސައްކަތަށް ރައްޔިތުންނާ ހިއްސާކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބުދުލްލަތީފް ވިދާޅުވީ ރަށުގެ ތަރައްގީއަށް ހިންގާ ކަންކަމުގައި ޕްރޮޖެކްޓްތައް މަޑުޖައްސައި ކައުންސިލުންތައް ފެއިލްކޮށްލުމުގެ ބާރު މިނިސްޓްރީތަކަށް އޮންނާތީ އެކަމާ ކަންބޮޑުވެލައްވާފަ އެވެ. އެހެން ނަމަވެސް މިނިސްޓްރީތަކާ ގުޅިގެން ރަށުގެ ތަރައްގީއަށް މަސައްކަތްކޮށް ކުރިއެރުންތަކެއް ހޯދާނެކަމަށެވެ.

ލާމަރުކަޒީ ގާނޫނޫގައި ކައުންސިލްތަކަށް ބާރުތަކެއްދީފައިވީނަމަވެސް އެބާރުތައް ސަރުކާރުން ހަނިކޮށްފައިވާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް އެންމެ އެކަށީގެންވާ ގޮތެއްގައި ހިދުމަތް ފޯރުކޮށްނުދެވޭކަން އަބުދުލްލަތީފް ފާހަގަކުރެއްވި އެވެ.

އަބުދުލްލަތީފް ވިދާޅުވީ މިސްކިތްތައް މިނިސްޓްރީގެ ދަށުގައި ހުރިކަމަވިޔަސް އެތަންތަނުގެ އާބާތުރަފިލުވާ ހަރަދުތައް ކުރަނީވެސް ރަށުގެ މާލިއްޔާއިން ކަމަށް އޭނާ ވިދާޅުވި އެވެ.

މިބައްދަލުވުމުގައި މިހާތަނަށް ކައުންސިލް މާލިއްޔާއިންކޮށްފައިވާ ހަރަދުތަކާއި ކުރިއަށް ކުރުމަށް ކައުންސިލުން ރާވާފައިހުރި ބައެއް ކަންކަން ވަނީ ހިއްސާކޮށްފަ އެވެ. ކުޅުދުއްފުށީ ކައުންސިލް މެމްބަރުންގެ އިތުރުން ހދ އަތޮޅު ކައުންސިލްގެ ރައީސް އަހުމަދު އާތިފް އާއި އަތޮޅު ކައުންސިލްގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަލީ އާދަމްވެސް މިބައްދަލުވުމުގައި ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355