twitterviber whatsapp telegramfacebookyoutube instagram
15th August 2026

ހަނިމާދޫ ސްކޫލުގެ ދަރިވަރުންތަކެއް ތަޖުރިބާ ދަތުރެއްގައި ބ. އަތޮޅުގެ ތިން ރަށަކަށް !

Jul 29, 2017

ތަޖުރިބާ ދަތުރެއްގައި ހަނިމާދޫ ސްކޫލްގެ އޭލެވެލް ދަރިވަރުންތަކެއް ބ.އަތޮޅަށް ގޮސްފި އެވެ.

ހަނިމާދޫ ސުކޫލްގެ ޕްރިންސިޕަލް އަބްދުލް މުހުސިން ލަތީފް ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވި ގޮތުގައި މިމަހުގެ 28 ން 30 އަށް ކުރިއަށްދާ މި ތަޖުރިބާ ދަތުރުގައި ހަނިމާދޫ ސްކޫލްގެ އޭލެވެލްގައި ތައުލީމް ހާސިލްކުރާ 11 ދަރިވަރުންނާއި 5 އޮފިޝަލް ބައިވެރިވާ ކަމަށެވެ.

މިދަތުރުގައި އެދަރިވަރުން ބ. އަތޮޅުގެ 3 ރަށަކަށް ޒިޔާރަތްކޮށް، މައުލޫމާތު އެއްކުރުމަށްވަނީ ހަމަޖެހިފަ އެވެ. އެގޮތުން ދަރިވަރުން އެންމެ ފުރަތަމަ ގޮސްފައިވަނީ ދަރަވަންދޫއަށެވެ. މިހާރު އެދަރިވަރުން ސޮނެވާފުށީގައި ތިބިއިރު މާދާމާ ދިއުމަށް ހަމަޖެހިފައިވަނީ އެއަތޮޅުގެ ވެރިރަށް ކަމަށްވާ އޭދަފުއްޓަށެވެ.

 

ޕްރިންސިޕަލް އަބުދުލްމުހުސިން ވިދާޅުވީ މިދަތުރުގައި ދިވެހި މާއްދާގެ ތެރޭގައި ހިމެނޭ ދަތުރު ނާމާގެ ޕްރޮޖެކްޓަށް މައުލޫމާތު ހޯދުމާއި އެހެން ސްކޫލެއްގެ ދަރިވަރުންނާއެކު ތަޖުރިބާ ހިއްސާކުރުންކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި މިދަތުރަށް  ޕީޓީއޭ އާއި ހަނިމާދޫގެ ބައެއް ގެސްޓް ހައުސްތަކުގެ އިތުރުން އައިލެންޑް އޭވިއޭޝަންގެ އެހީތެރިކަން ލިބިފައިވާކަން ފާހަގަކޮށް އެފަރާތަކަށް ޝުކުރުއަދާކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355