އައްޑޫގައި މިއަދު ނިންމާލީ މަކިޓާރ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް މުބާރާތުގައި ހދ އަތޮޅު ތައުލީމީ މަރުކަޒުން ރަންވަނަތަކެއް ހޯދައިފި އެވެ. މިމުބާރާތުގައި 4*100 މީޓަރު ރިލޭ އަންހެން ކުދިންގެ ބައިން ރެކޯޑްވެސް ހޯދައިފަ އެވެ.
މުޅި މުބާރާތުން އަންހެން ޗެމްޕިއަންކަން ހދ އޭއީސީ ހޯދިއިރު 13 އަހަރުން ދަށުން އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވިފައިވަނީވެސް އެސްކޫލުގެ ރިފާ މުހައްމަދެވެ. މިމުބާރާތުގައި އެސްކޫލުންވަނީ 16 ގޯލްޑް އާއި 5 ސިލްވާ އަދި 2 ބުރޯންޒް މެޑަލް ހޯދާފަ އެވެ.
100 މީޓަރު ދުވުމުން ދެވަނަ އެސްކޫލުގެ ރިފާ މުހައްމަދު ހޯދިއިރު 3 ވަނަ ހޯދައިފައިވަނީ އައިޝަތު އާޔާ އަލީ އެވެ. 200 މީޓަރު ދުވުމުން އެއްވަނަ ރިފާ މުހައްމަދު ހާސިލުކުރިއިރު 2 ވަނަ ކާމިޔާބުކޮށްފައިވަނީ އައިޝަތު އާޔާ އަލީ އެވެ.
މިމުބާރާތުގައި ހދ އޭއީސީން ހޯދި އެހެން ކާމިޔާބީތަކަށް ބަލާލާއިރު 80 މީޓަރު ދުވުމުންވެސް އެއްވަނަ ހޯދީ ރިފާ މުހައްމަދެވެ. އެ ހީޓުން ދެވަނަ ހާސިލްކޮށްފައިވަނީ އައިޝަތު އާޔާ އަލީ އެވެ.
ލޯންގް ޖަޕްއިން ދެވަނަ އެސްކޫލްގެ ޝައިޙާ ރަޝީދު ވަނީ ހޯދައިފަ އެވެ. އަދި ހާޑްބޯލް ތުރޯއިން އެއްވަނަ އައިޝަތު ނަޖްދާ އަލީ ކާމިޔާބުކޮށްފައިވެ އެވެ.
600 މީޓަރު އަންހެން ކުދިންގެ ދުވުމުން 1، 2 އަދި 3 ވަނަ ހޯދާފައިވަނީ އެސްކޫލުގެ އެތުލީޓުންނެވެ. މި ދުވުމުން އެއްވަނަ ހޯދާފައިވަނީ ޝައިޙާ ރަޝީދެވެ. ދެވަނަ އައިޝަތު އިމްނާ ރަޝީދު ހޯދިއިރު ތިންވަނަ ހޯދާފައިވަނީ މަރިޔަމް އީނާޝް އާދަމެވެ. އަދި 8*80 މީޓަރު ރިލޭއިން އަންހެންކުދިންގެ ބައިން އެއްވަނަވެސް ހޯދާފައިވަނި ހދ އޭއީސީ އެވެ.
މިމުބާރާތުގައި ސްކޫލުތަކާއި ކުލަބު ޖަމިއްޔާތަކާއެކު ޖުމްލަ 26 ޓީމް ވާދަކޮށްފައިވެ އެވެ.