twitterviber whatsapp telegramfacebookyoutube instagram
17th May 2024

ޖަލާލުއްދީން ސްކޫލް ގަސްތަކުގައި ހުވަނި އަޅާ ދަރިވަރުންނަށް އުނދަގޫތަކެއް !

Jul 30, 2017

ޖަލާލުއްދީން ސްކޫލްގެ ގޯތިތެރޭގައި ހުރި ބައެއް ގަސްްތަކުގައި ހުވަނިއަޅައި ދަރިވަރުންނަށް އުނދުގޫތަކެއް ވެއްޖެ އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން އެސްކޫލްގެ ބެލެނިވެރިއަކު ބުނީ ރޯދަމަހު ކިޔެވުން ކުރިއަށް ދިޔަ ހަފްތާވެސް މި މައްސަލަ ދިމާވެފައިވާ ކަމަށާއި މި މައްސަލަ ތަކުރާރުކޮށް ދަރިވަރުން ސްކޫލް ޕްރިންސިޕަލްގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. މިކަން ފާހަގަ ވެފައިވަނީ ގްރޭޑް 9 ގެ ކްލާސް ރޫމްތައް ކައިރިން ކަމަށްވެސް ބެލެނިވެރިޔާ ފާހަގަ ކުރިއެވެ.

މި ދުވަސްކޮޅަކީ ވައިޖެހޭ ދުވަސްކޮޅަކަށް ވާތީ މި މައްސަލަ ދިމާވެފައިވާކަމަށާއި ވަޔާއެކު ކްލާސް ތެރެއަށް ފަތާއި ވާ އެޅިގެން ދަރިވަރުންނަށް އެކަމުގެ އުނދަގޫ އަނެއްކާވެސް ދިމާވަމުން ދާކަމަށް ބެލެނިވެރިޔާ ބުންޏެވެ. މީގެ އިތުރުން ހެނދުނު ސްކޫލްގެ ސެޝަން ފެށޭއިރު ކްލާސްތެރެއަށް އެޅިފައި ހުންނަށް ފަތާއި ކުނި ސާފުނުކޮށް ހުންނަކަން ފާހަގަ ކުރެވޭކަމަށްވެސް ބެލެނިވެރިޔާ ބުންޏެވެ.

މިކަމާ ބެހޭގޮތުން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް އައިމިނަތު މުހައްމަދު ވިދާޅުވީ ހުވަނީގެ މައްސަލަ އެބޭފުޅުންނާއި ހަމައަށް އައިސްފައިވަނީ މިއަދު ކަމަށާއި މިހާތަނަށް ހުވަނި ފެނިފައިވަނީ އެންމެ ގަހަކުން ކަމަށެވެ.

އެހެންކަމުން މިއަދު ދަރިވަރުން ބްރޭކް ގަޑީގައި އެގަހަށް ސްޕްރޭކޮށްފައިވާނެ ކަމަށާއި މި މައްސަލަ ޕަބްލިކް ހެލްތު ޔުނިޓަށް ވެސް އަންގާ އެބޭފުޅުންގެ ލަފާގެ މަތިން އެކަން ކޮންޓްރޯލް ކުރުމަށް މަަސައްކަތް ކުރެވެމުންދާ ކަމަށްވެސް އައިމިނަތު ވިދާޅުވި އެވެ.

މީގެ އިތުރުން ހުވަނީގެ މައްސަލައަކީ މީގެ ކުރީގެ އަހަރުތަކުގައިވެސް ދިމާވަމުން އަންނަ މައްސަލައެއް ކަމަށާއި އެކަން ކޮންޓްރޯލް ކުރުމަށް ސްޕްރޭ ޖަހާ ގަސްތައް ކޮށާކަމަށާއި މި އަހަރު ހުވަނީގެ މައްސަލަ އައިސްފައިވަނީ އެންމެ ކްލާހަކުން ކަމަށްވެސް އައިމިނަތު ވިދާޅުވި އެވެ.

ޖަލާލުއްދީން ސްކޫލަކީ ގްރޭޑް 8 ން 12 އަށް ކިޔަވައިދެމުންދާ ސްކޫލެކެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355