ދިރާގުން އިތުރު ދެ ރަށެއްގައި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ގާއިމް ކޮށްފި

ނަސްވާ ޙަސަން - 1 އަހަރު ކުރިން - 2 އޯގަސްޓް 2017ދިރާގުން ފޯރުކޮށްދޭ ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް ކ. ދިއްފުށި އަދި ކ. ގުރައިދޫގައި ގާއިމް ކޮށްފިއެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ ކަމަށާއި ދިރާގުގެ ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު ކަމަށެވެ. އަދި އެއީ 100 އެމްބީޕީއެސްއާއި ހަމަޔަށް ހިމެނޭ އެންމެ ބޮޑު އެލަވަންސްތައް ހިމެނޭ 1ޓީބީގެ ޕެކޭޖްވެސް އެކުލެވިގެންވާ ހިދުމަތް ކަމަށެވެ.

ކ. ދިއްފުށި އަދި ކ. ގުރައިދޫގައި ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް ތައާރަފު ކުރުމުގެ ގޮތުން ވަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ތައާރަފްކޮށްފައިވާނެ ކަމަށާއި މި ޕްރޮމޯޝަނުގެ ދަށުން ފައިބަރ ހިދުމަތައް އެދޭ ފަރާތްތަކަށް ކަނެކްޝަނެއް މުޅިން ހިލޭ ދިރާގުން ގުޅައިދޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ދިރާގުން ފައިބަރ ނެޓްވޯކް ގާއިމްކޮށް ފައިބަރ ބްރޯޑްބޭންޑްގެ ހިދުމަތް މިހާރު ފޯރުކޮށްދެމުންދަނީ މާލެ، ހުޅުމާލެ، ވިލިމާލެ، ކ.މާފުށީ، ކ.ތުލުސްދޫ، ލ. ގަން، ލ. ފޮނަދޫ އަދި ބ. ދަރަވަންދޫގައި އެވެ.


ގުޅުން ހުރި ލިޔުންތައް