twitterviber whatsapp telegramfacebookyoutube instagram
13th March 2026

އުރީދުގެ ހާއްސަ އާންމު ޖަލްސާ އަންނަ މަހު ބާއްވަނީ

Nov 20, 2024

އުރީދޫގެ ހާއްސަ އާންމު ޖަލްސާ އަންނަ ޑިސެމްބަރު މަހު ބޭއްވުމަށް ނިންމަފިއެވެ.

އުރީދޫން ބުނީ، މި ހާއްސަ އާންމު ޖަލްސާގައި ބައިވެރިވެވޭނީ މިމަހުގެ 27 ވާ ބުދަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އުރީދޫ މޯލްޑިވްސްގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ކަމަށެވެ. މިގޮތުން އަމިއްލަ ނުވަތަ ޕްރޮކްސީ މެދުވެރިކޮށް މި ޖަލްސާގައި ބައިވެރިވެގެން ފާސްކުރުމަށް ހުށަހަޅާފައިވާ އެޖެންޑާ އައިޓަމްތަކަށް ވޯޓު ދެވޭނެ ކަމަށް ވަނީ ބުނެފައެވެ.

މިއަހަރުގެ ޑިސެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ އާންމު ޖަލްސާގެ ނޯޓިސް އަދި އެޖެންޑާ މިމަހުގެ 30 ވާ ހޮނިހިރު ދުވަސް ނިމުމުގެ ކުރިން އެ ކުންފުނީގެ ވެބްސައިޓުގައި އާންމު ކުރެވޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އަދި އެ ނޯޓިސްއާއެކު ޖަލްސާ ބާއްވާނެ ތާރީހާއި، ގަޑި، ތަން، އެޖެންޑާ އައިތަމްތައް އަދި ވޯޓު ލުމާ ގުޅޭ އިތުރު މައުލޫމާތުތައް ވެސް އާންމު ކުރެވޭނެ ކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫން ބުނީ، މިކަމާއި ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް 9611657 އަށް ގުޅުމުން އެ މައުލޫމާތު ލިބޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355