twitterviber whatsapp telegramfacebookyoutube instagram
24th April 2024

އެތްލެޓިކްސްގައި ހޯދި ކާމިޔާބީ ފާހަގަކުރުމަށް އޭއީސީގައި ހާއްސަ އެސެންބުލީއެއް ބާއްވައިފި

Aug 3, 2017

އައްޑޫގައި މިދިޔަ ޖުލައި މަހު ބޭއްވި މަކިޓާރ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް މުބާރާތުގައި ހދ އަތޮޅު ތައުލީމީ މަރުކަޒުން ހޯދި ކާމިޔާބީ ފާހަގަކޮށް މިއަދު ހާއްސަ އެސެންބްލީއެއް ބާއްވައިފި އެވެ.

މިއަދު ހެނދުނު އެސްކޫލް ހޯލުގައި ބޭއްވި މި ހާއްސަ އެސެންބްލީގައި އެތްލެޓިކްސް މީޓްގައި ވަނަތައް ހޯދި ދަރިވަރުންނަށް ވަނީ ސްކޫލްގެ ފަރާތުން ހާއްސަ ހަނދާނީ ފިލާ އަރުވާފަ އެވެ. މި ހަނދާނީ ފިލާ ދަރިވަރުންނާއި ހަވާލުކޮށްދެއްވީ އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ވައިޑީޕީގެ ކޯޗު އަހުމަދު މޫސާ އެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އަހުމަދު މޫސާ ދެއްކެވި ވާހަކައިގައި އެތުލެޓިކްސް މީޓްގައި ސްކޫލުން ހޯދި ކާމިޔާބީތައް ފާހަގަކޮށް ދަރިވަރުންނާއި ސްކޫލަށް ވަނީ މަރުހަބާ ދަންނަވާފަ އެވެ.

މަކިޓާރ ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕް މުޅި މުބާރާތުން އަންހެން ޗެމްޕިއަންކަންވެސް ހޯދާފައިވަނީ އެ ސްކޫލެވެ. އަދި 100 މީޓަރު ރިލޭ އަންހެން ކުދިންގެ ބައިން އެސްކޫލްވަނީ ރެކޯޑް ހަދާފަ އެވެ.

މީގެ އިތުރުން 13 އަހަރުން ދަށުން އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމުވެސް ހޯދާފައިވަނީ އެސްކޫލުންނެވެ. 100 މީޓަރު ދުވުމުން ދެވަނަ އަދި ތިން ވަނަ، 200 މީޓަރު ދުވުމުން އެއްވަނަ އަދި ދެވަނަ އެ ސްކޫލުން ހޯދާފައިވާއިރު 80 މީޓަރު ދުވުމުންވެސް އެއްވަނަ ހާސިލް ކުރީ އެސްކޫލެވެ. އަދި 600 މީޓަރު އަންހެން ކުދިންގެ ދުވުމުން 1، 2 އަދި 3 ވަނަ 80*8 މީޓަރު ރިލޭއިން އަންހެންކުދިންގެ ބައިން އެއްވަނަ ވެސް ހޯދާފައިވަނީ އޭއީސީ އެވެ.

މިމުބާރާތުގައި އެސްކޫލުންވަނީ 16 ގޯލްޑް އާއި 5 ސިލްވާ އަދި 2 ބުރޯންޒް މެޑަލް ހޯދާފަ އެވެ.

އެތްލީޓުންނަށް މަރުހަބާ ކިއުމަށް މިއަދު އެސްކޫލްގައި ބޭއްވި މި ހާއްސަ އެސެންބްލީއަކީ ސްކޫލާއި ސްކޫލްގެ ޕީޓީއޭ ގުޅިގެން އިންތިޒާމް ކުރި ރަސްމިއްޔާތެކެވެ. އަދި ދަރިވަރުންނަށް ހަދިޔާކުރި ހަނދާނީ ފިލާއަކީ ޕީޓީއޭއިން ހަދިޔާ ކުރި ފިލާތަކެއް ކަމަށާއި މިކަމުގައި ޕީޓީއޭއިން ދެއްވި އެއްބާރުލުމާއި އެހީތެރިކަމަށް ސްކޫލުންގެ ފަރާތުން ޕީޓީއޭއަށް ވަނީ ޝުކުރު ދަންނަވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355