ނެއްލައިދޫ ސްކޫލުގެ އޭލެވެލް ދަރިވަރުން ތަޖުރިބާ ދަތުރެއްގައި މިއަދު ކުޅުދުއްފުއްޓަށް އަތުވެއްޖެ އެވެ.
ތިން ދުވަހަށް ކުރިއަށްގެންދާ މިދަތުރުގައި ގުރޭޑް 12 ގައި ތައުލީމް ހާސިލްކުރާ 11 ދަރިވަރަކާއި ތިން އޮފިޝަލުންގެ އިތުރުން ތިން ޓީޗަރުން ބައިވެރިވެ އެވެ.
ނެއްލައިދޫ ސްކޫލްގެ ދިވެހި ޓީޗަރެއްކަމަށްވާ ނުޒުހާ ވިދާޅުވީ، ތަޖުރިބާ ހޯދުމަށް ކުރާ މިދަތުރުގައި ކުޅުދުއްފުށީގައި ހުރި ހުރިހާ މުވައްސަސާތަކަކަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މިދަތުރަކީ ދިވެހި މާއްދާގެ ތެރޭގައި ހިމެނޭ ދަތުރު ނާމާއަށް މައުލޫމާތު ހޯދުމަށް ކުރާ ދަތުރެކެވެ.
އޭނާ ވިދާޅުވީ މިޕްރޮޖެކެޓްގެ ތެރެއިން ފޮލިސް ސްޓޭޝަން، ވިލާ ކޮލެޖް، ގައުމީ ޔުނިވާސިޓީގެ ކެމްޕަހުގެ އަދި އަތޮޅު ކައުންސިލްގެ އިތުރުން، އިތުރު ބައެއް މުވައްސަސާތަކަށްވެސް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިދަތުރަށް ހދ އަތޮޅު ކައުންސިލުންނާއި އެކައުންސިލް ނައިބު ރައީސް ވަސީމްގެ އެހީތެރިކަން ލިބިފައިވާތީ އެފަރާތަކަށް ޝުކުރުއަދާކުރެއްވި އެވެ.