ތުއްތު ކުދިންނަށާއި ކުޑަކުދިންނަށް ކާނާ ދިނުމާއި ބެހޭގޮތުން ހޭލުންތެރިކުރުމަށްޓަކައި ހދ އަދި ހއ ގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް އަމާޒުކޮށްގެން ހާއްސަ ޕްރޮގްރާމެއް މިއަދު ފަށައިފި އެވެ.
މި ޕްރޮގްރާމުގައި ތުއްތު ކުދިންގެ އުމުރުން 6 މަސްވަންދެން ހަމައެކަނި ގާތުން ކިރުދިނުމާއި، އަދި ކުޑަ ކުދިންނަށް އިތުރު ކާނާ ދިނުމާއި ބެހޭގޮތުން މައުލޫމާތު ދެވިގެންދާނެ އެވެ.
މިއީ ތުއްތު ކުދިންނަށް ގާތުން ކިރުދިނުމުގައި ގެންގުޅެން ޖެހޭ ހުނަރުތަކާއި ގޮތްތައް އަދި މީގެ އިތުރުން ކުޑަކުދިންނަށް އިތުރުކާނާ ދޭނެގޮތާއި ކާނާ ތައްޔާރު ކުރާނެގޮތްތަކާއި އަދި މިންވަރު އޮޅުންފިލުވައި ދިނުމުގެ މަގުސަދުގައި ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ.
މި ފްރޮގްރާމުގެ ބައިވެރިންނަށް ތަމްރީން ދެއްވާނީ މިކަމުގައި ތަމްރީން ލިބިފައިވާ ނަރުހުންނާއި ސިއްހީ އެހީތެރިންނެވެ.
ޖުމްލަ 26 ބައިވެރިންނާއިއެކު ކުރިއަށް ގެންދާ މި ޕްރޮގްރާމް ކުރިއަށްދާނީ މިމަހު 9 ވަނަ ދުވަހާ ހަމައަށް އުފަން ހިޔާ ސެންޓަރުގަ އެވެ.