twitterviber whatsapp telegramfacebookyoutube instagram
26th December 2025

އަބަދު އެއް ބޫޓެއް ބޭނުންކުރާކަށް ނުވާނެ

Aug 7, 2017

ކޮންމެ ދުވަހަކު އެއް ބޫޓަކަށް ނާރާށެވެ. އަހަރެމެން ވަރުބަލިވާ ފަދައިން ބޫޓުވެސް ވަރުބަލި ވާނެއެވެ. ބޫޓަށްވެސް ވަރުބަލި ފިލުވާލާނެ ވަގުތުދޭށެވެ.

އެކަމާ ބެހޭ ގޮތުން ތަޖުރިބާކާރު އަލެން އެޑްމޮންސް ބުނާގޮތުގައި ގިނަ ދުވަހު ބޫޓު ހަލާކުނުވެ ބެހެއްޓުމަށް ގިނަ ބޫޓު ގެންގުޅުމަށެވެ.

އާންމުކޮށް މީހުން އަރާ އުޅެނީ ލެދާ ބޫޓަށެވެ. އެގޮތުން ލެދާ ބޫޓަށް މާ ގިނައިރު އަރައިގެން އުޅުމުން ފައިން ދާ ހިލި ބޫޓުގައި ނުބައިވަސް ހިފަން މެދުވެރިވެއެވެ. އަދި ބޫޓު ހިކެން ވަގުތުދޭ ނަމަ އެއީ އެކަމަށް އޮތް ހައްލެކެވެ.

ބޫޓަށް އެއްދުވަހުގެ ރެސްޓެއްވެސް ނުދީ އަބަދު އަރައިގެން އުޅޭ ނަމަ ބޫޓުގެ ބައްޓަން ގެއްލި ބޫޓުގެ ދަށް ގިރި ހަލާކުވުމަށް މެދުވެރިވެއެވެ. އެގޮތަށް މެދުވެރިވަނީ އެއް ބޫޓު ހަލާކުވުމުން އަނެއް ބޫޓު ގަންނާތީ އެވެ.

އޭގެ ބަދަލުގައި ބެކްއަޕް އެއް އަބަދުވެސް ގެންގުޅޭށެވެ. އެއް ބޫޓުގެ ބަދަލުގައި 2 ބޫޓު ބަދަލުކުރަމުން ބޭނުންކުރަށް އާދަކުރާށެވެ. ބޫޓު ގިނަ ދުވަހު ބޭނުން ކުރެވޭކަން ފާހަގަވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355