ވިލާ ކޮލެޖުގެ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު 13 އޮގަސްޓުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
މިގޮތުން މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 6 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ 3 ކޯހަކާއި، ޑިގްރީ ފެންވަރުގެ 14 ކޯހަކާއި، އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ 2 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 3 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 9 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 8 ކޯހެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އިންޓޭކުގައި ފަށާ ކޯސްތަކުގެ ތެރޭގައި އިންފޮރމޭޝަން ޓެކްނޮލޮޖީ،ކޮމްޕިއުޓަރ ސައިންސް، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރީޢާ، ލޯ، ހިއުމަން ރިސޯސަސް, އެކައުންޓިންގ، ޕަބްލިކް ހެލްތް، ރިސާރޗް އަދި މެރިން ސްޓަޑީސް ދާއިރާއިން ޖުމްލަ 53 ކޯހެއް ހިމެނެ އެވެ.
ލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖު ހިތަދޫ ކެމްޕަސް، ވިލާ ކޮލެޖު ނައިފަރު ކެމްޕަސް، ވިލާ ކޮލެޖު އައްޑޫ ކެމްޕަސް،ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަސް،ވިލާ ކޮލެޖު ލޭކް ސައިޑް ކެމްޕަސް (ށ.ފުނަދޫ) ވިލާ ކޮލެޖު މަހިބަދޫ ކެމްޕަސް އަދި ވިލާ ކޮލެޖު ފުވައްމުލަކުގައި ވެސް މި ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ.
މި ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އަދި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓަރސް އަދި ޑިގްރީ ކޯސްތައް ހިމެނެއެވެ.
ވިިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެގޮތުން ސެޕްޓެމްބަރ ސެމެސްޓަރއިން ފެށިގެން ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓް އަށް ފީ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.
އަދި މީގެ އިތުރުން 1 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ކޯހެއް ހަދާ ވިލާ ކޮލެޖުގެ ހުރިހާ ދަރިވަރުންނަށްވެސް މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެޑިއުކޭޝަން ފައިނޭންސިންގ ފެސިލިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވައިލެވިފައެވެ.