twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޕީޓީއޭ އިން ނެއްލައިދޫ ސްކޫލަށް 6 ޓީވީ ހަދިޔާކޮށްފި

Aug 7, 2017

ޑިޖިޓަލް ސްކޫލަކަށް ބަދަލުކުރުމަށް ކުރިއަށްގެންދާ ޕްރޮގުރާމްގެ ތެރެއިން ނެއްލައިދޫ ސްކޫލަށް ޕީޓީއޭއިން 6 ޓީވީ ހަދިޔާކޮށްފި އެވެ.

ޓީވީތައް ހަދިޔާކުރުމަށް މިއަދު ނެއްލައިދޫ ސްކޫލުގައި ބޭއްވި ހަފުލާގައި ޕީޓީއޭގެ ފަރާތުން ޓީވީތައް ހަދިޔާކުރެއްވީ ޕީޓީއޭގެ ނައިބު ރައީސާ އެވެ. ސްކޫލުގެ ފަރާތުން ޓީވީތަކާ ހަވާލުވެލެއްވީ ޕްރިންސިޕަލް ހުސެއިން ހަސަން އެވެ.

ޕްރިންސިޕަލް ހުސެއިން ހަސަން ވިދާޅުވީ، ޕީޓީއޭ އިން މިއަދު ހަދިޔާކުރި ޓީވީތައް ކުލާސް ރޫމްތަކުގައި ހަރުކުރުމުގެ މަސައްކަތް މިރޭ ފަށޭނެ ކަމަށެވެ. ހަރުކުރުމުގެ މަސައްކަތް ކުރަނީ ސްކޫލުގެ މުވައްޒަފުންކަމަށް އޭނާ ވިދާޅުވި އެވެ.

ނެއްލައިދޫ ސްކޫލްގެ ޕީޓީއޭ އިން ހަދިޔާކުރި ޓީވީތަކާ ސްކޫލުގެ ފަރާތުން ހަވާލުވަނީ–ފޮޓޯ: ނެއްލައިދޫ ސްކޫލް

އޭނާ ވިދާޅުވީ ސްމާޓް މި ޓީވީތަކުގެ ސަބަބުން ދަރިވަރުންނަށާއި ޓީޗަރުންނަށް ކިޔަވާ ދިނުމުގައި އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. ޓީވީތައް ހަރުކުރުމަށް ހަމަޖެހިފައިވާ އާ އިމާރާތުގެ ބައެއް ކުލާސް ރޫމްތަކުގައި އާއި ހޯލްގައި ހުންނަ ކުލާސް ރޫމްތަކުގަ އެވެ.

ނެއްލައިދޫ ސްކޫލުގެ ޕީޓީއޭ އިން ހަދިޔާކުރި މި ޓީވީތަކުގެ އަގު ގާތްގަނޑަކަށް 40،000/- އަރަ އެވެ.

ހުސެއިން ވިދާޅުވީ މީގެން ކުރިންވެސް ސްކޫލަށް ޕީޓީއޭއިން ސްކޫލަށް ޓީވީ އާ އެހެނިހެންތަކެތި ހަދިޔާކޮށްދީފައިވާ ކަމަށެވެ. ސްކޫލު ކުރިއެރުމަށް ބެލެނިވެރިންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރުއަދާކުރައްވާކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355