twitterviber whatsapp telegramfacebookyoutube instagram
26th April 2024

ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅި ނަންތައް އިއުލާންކޮށްފި

Aug 8, 2017

ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހެޅި މިއަދު ނަންތައް އިއުލާންކޮށްފި އެވެ.

އެ ބޭންކުގެ ޗެއަރޕަރސަންގެ މަގާމު ދެ އަހަރު އަދާކުރައްވާފައިވާ ފަރީހާ ޝަރީފް އިތުރު ދައުރަކަށް ބޯޑަށް ކުރިމަތި ނުލައްވާފައެއް ނުވެއެވެ. އަދި ހަމައެހެންމެ ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވި މުހައްމަދު އުމަރު އާއި މުރުތަޟާ މުހައްމަދުދީދީ ވެސް ބޯޑުން ވަކިވެވަޑައިގަންނަވާނެއެވެ.

މި އޮގަސްޓް މަހު 23 ގައި ންކުގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާއިރު ބޯޑަށް ސަރުކާރުގެ ފަރާތުން ވަނީ ހަތް ނަމެއް ހުށަހަޅުއްވާފައެވެ. އަދި އާންމު ހިއްސާދާރުން ތަމްސީލްކުރައްވާ ތިން މަގާމަށް ފަސް ބޭފުޅަކު ވާދަކުރައްވައެވެ.

2017- 2018 ވަނަ އަހަރަށް ސަރުކަރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ހުށައަޅާފައިވާ ފަރާތްތަކަކީ:

1 މރ އެންޑްރޫ ހީލީ ( ސިއީއޯ އަދި މެނޭޖިން ޑިރެކްޓަރ)

2 އަލްފާޟިލާ ސައީދާ އުމަރު، ދަފްތަރު ނަންބަރު 621، މާލެ

3 އަލްފާޟިލް މުހައްމަދު ޝަރީފް، މ.އިފައު މާލެ

4 އަލްފާޟިލް މުހައްމަދު ލުވޭޒް މއ. ދިލާސާ. މާލެ

5 އަލްފާޟިލް އަބްދުލް ހާރިޒް، ގ.އެކާރާ، މާލެ

6 އަލްފާޟިލާ އާއިޝަތު އަރްޝާ، މ.ނަރިގިސްމާގެއާގެ، މާލެ

7 އަލްފާޟިލް ރާބިހް މުހައްމަދު، އަނބުގަސްދޮށުގެ، ތ.ވިލުފުށި

2017- 2018 ވަނަ އަހަރަށް އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރ ބޯޑަށް 5 ފަރާތަކުން ކުރިމަތިލާފައިވެއެވެ. އާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރު ކަމަށް ކުރިމަތިލެއްވި އަދި ޝަރުތު ފުރިހަމަވާ ފަރާތްތަކަކީ:

1 އަލްފާޟިލް މުހައްމަދު އަބްދުލްސައްތާރު. މއ ޓިއުލިފްވިލާ، މާލެ

2 އަލްފާޟިލް އިބްރާހިމް މުހައްމަދު، ނެލުމާ، ނ.ހޮޅުދޫ

3 އަލްފާޟިލާ އިބްތިޝާމާ އަހުމަދު ސައީދު. މ.އެގްޒީޓަރ، މާލެ

4 އަލްފާޟިލް މަހުމޫދު ރަމީޒު އަބްދުއްރަހުމާން، އަޅިވިލާގެ، ނ.ހިންނަވަރު

5 އަލްފާޟިލް އަބްދުﷲ ނާސިރު. ފިނިމަންޒިލް، ސ.ހިތަދޫ

ފަރީހާ ޝަރީފް ވިދާޅުވީ ބޭންކުގެ ޕްރޮފެޝަނަލްކަމާއި ގާއިމުކޮށްފައިވާ މިންގަނޑުތަކާއި ހޯދާފައިވާ ކާމިޔާބީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްހަމައެއްގައި އަޅާކިޔާލެވޭ ކަމަށާއި މިދިޔަ އަހަރު، މާލީ ގޮތުން ބޭންކަށް ލިބުނު އެންމެ ރަނގަޅު ނަތީޖާ ހޯދުމަށްފަހު ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ރިކޯޑު މިންވަރެއް ބެހުމަށް ހުށަހަޅަން ވަނީ ތައްޔާރުވެފައި ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވިދާޅުވީ މިވޭތުވެދިޔަ އަހަރުތަކުގައި ބޯޑުގެ މެންބަރުން ބޯޑުގައި ނުހަނު އަގުހުރި މަސައްކަތްތަކެއްކޮށްދެއްވާފައިވާކަމަށާއި އެ ބޭފުޅުންނަށް ނުހަނު އިހްލާސްތެރިކަމާއެކު އަޅުގަނޑުމެން ދަންނަވާ ކަމަށެވެ. އަދި ބޭންކުގެ ކަސްޓަމަރުންނާއި ހިއްސާދާރުންނާއި އަޅުގަނޑުމެން ހިދުމަތްދޭ މުޖުތަމައުތަކުން އުއްމީދުކުރާ މިންވަރަށް ވާސިލްވުމުގެ އަމާޒު ބޭންކުން ހިފައްހައްޓަމުންދާނެ ކަމަށްވެސް އެންޑްރޫ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355