twitterviber whatsapp telegramfacebookyoutube instagram
25th April 2024

ބޮޑުކަމުދާ ނިޒާމުގެ ބަލިތަކަށް ޗޮކްލެޓް ވަރަށް ރަނގަޅު

Aug 9, 2017

ސިއްހަތު ރަނގަޅު ހަށިގަނޑަކަށް ފައިދާ ހުރި އެއްޗެހި ކެއުމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ. އަދި ބައްޔަކަށް ފަރުވާ ހޯދާނަމަ ކެއުމަށް ބަދަލެއް ގެނައުންވެސް ވަރަށް މުހިއްމެވެ.

ބޮޑުކަމުދާ ނިޒާމަށް ޖެހޭ ބަލިތަކުގެ ތެރޭގައި ބޭރަށް ހިއްގުމާއި ދަށްބަނޑުގަ ރިހުން ހިމެނެއެވެ. އަދި މިއީ އެންމެނަށްވެސް ހުރިހާ އުމުރެއްގައި ދިމާވާ ބަލިތަކެވެ.

އެގޮތުން މިކަމަށް ސިއްހީ މާހިރުން ބުނާގޮތުގައި ޕްރޮޓީން ގިނަ ކާނާތައް ކެއުމަށެވެ. އޭގެ ތެރޭގައި ބިސް، މަދު، ޔޯގަޓް، ޗީޒްގެ އިތުރުން ޗޮކްލެޓަކީ ގޮހޮރުގެ ބަލިތަކުން ދުރުކޮށްދޭ، ބަނޑުގައި ރިހުން މަޑުކޮށްދޭ އެއްޗެކެވެ.

ޗޮކްލެޓްގައި ގިނަ އަދަދަކަށް ޓުރިޕްޓޯފެން ހިމެނެއެވެ. އެއީ ޕްރޮޓީން އިތުރުކޮށްދޭ އެމީނޯ އެސިޑް އެކެވެ. ޕްރޮޓީން ގިނަ ކާނާ ކެއުމުގެ ސަބަބުން އިމިއުން ސެލްސްތަކުގައި ލެކްޓިބެސިލަސް ރިއުޓެރީ ނަމަކަށް ކިޔާ ބެކްޓީޔާއެއް އުފެދެއެވެ. ލެކްޓިބެސިލަސް ރިއުޓެރީއަކީ ގޮހޮރުގައި ހުންނަ ބެކްޓީރިޔާއެކެވެ. މި ބެކްޓީރިޔާ އުފެދުމުގެ ސަބަބުން ބޮޑުކަމުދާ ނިޒާމުގެ ބަލިތަކަށް ލުޔެއް ލިބިގެން ދާ ކަމަށް ސިއްހީ މާހިރުން ބުނެއެވެ.

އެގޮތުން ޗޮކްލެޓްގެ ތެރެއިން ހަށިގަނޑަށް އެންމެ ފައިދާ ކުރަނީ ޑާކް ޗޮކްލެޓެވެ. އަދި ކޮންމެ ދުވަހެއްގެ ހެނދުނުގެ ނާސްތާގައި ޑާކް ޗޮކްލެޓް ހިމަނާލުމުން ވަރަށް ގިނަ ބަލިތަކުގެ ފަރުވާއެއް ލިބިގެންދެއެވެ. އޭގެ އިތުރުން ސިއްހީ މާހިރުން ބުނާގޮތުގައި ޑާކް ޗޮކްލެޓަކީ އަންހެނުންގެ މައްސަރުގެ ދުވަސްތަކުގައި ބަނޑުގަ ރިހުމުންވެސް ދުރުކޮށްދޭ އެއްޗެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355