twitterviber whatsapp telegramfacebookyoutube instagram
20th April 2024

ބުއްދި ހަމަނުޖެހޭކަމަށް ބުނާ ޒުވާނެއްގެ މައްސަލަ ބޮޑުވެ، ރައްޔިތުންގެ ގިނަ ޝަކުވާތަކެއް

Aug 9, 2017

ބުއްދި ހަމަނުޖެހޭކަމަށް ބުނާ ޒުވާނެއް ރަށުތެރެއަށް ގިނަވެ، އޭނާގެ ފަރާތުން ބައެއް މީހުންނަށް އުނދަގޫތަކާއި ދިމާވެ، ރައްޔިތުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

ކޭއޯއަށް މައުލޫމާތު ހިއްސާކުރި ބައެއް ރައްޔިތުން ބުނީ އޭނާއަށް މަގުތަކުގެ މެދަށް ހުއްޓި ވެލިކަލްތަކުގެ ކުރިމައްޗަށް އަރައި ބައެއް ފަހަރު ވެހިކަލްތަކުގެ ކުރިމަތީގައި އޮށޯނަ ކަމަށެވެ. އެކަމުގެ ސަބަބު ކުރިއަށް ނުދެވި މަގުގެ ޓްރެފިކަށް ބާރު ބޮޑުވާ ފަހަރުވެސް އަންނަ ކަމަށެވެ. މީގެ އިތުރުން މަގުމަތިން ދާން އަންހެނުންނާވެސް ދިމާކުރާ ކަމަށް ބައެއް މީހުން މައުލޫމާތުދެ އެެވެ. އެގޮތުން އަންހެނުން މަގުމަތިން ދާއިރު ކުރިމައްޗަށް އަރައި ހުއްޓުވައި ގަޔަށް އައްލަން އުޅޭ ފަހަރުވެސް އަންނަ ކަމަށްވެ އެވެ.

ބުއްދި ގޯސް ކަމަށް ބުނާ މިޒުވާނާއާ ބެހޭ ގޮތުން އެހެން މީހަކު ބުނީ ސަރުކާރުގެ ބައެއް މުވައްސަސާތަކަށް ގޮސް ހުތުރު ބަހުން ހަޅޭލަވައި އަޑުގަދަކޮށް ހަދަން ފެށުމުން ފުލުހުންނަށް ގުޅައިގެން އެތަށް ދުވަހަކު ބައެއް ތަންތަނުން ނެރެފައިހުންނާނެ ކަމަށެވެ.

މިކަމާ ގުޅިގެން އެމީހާގެ އާއިލާގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ އޭނާއަށް އެހެންވާ ފެށީ މީގެ ދެތިން އަހަރު ކުރިން ކަމަށާއި އޭރު އެހެންވަނީ ދޭތެރެ ދޭތެރެއިން ކަމަށާއި މިފަހަރު އެހެންވާން ފެށިފަހުން ރަނގަޅު ނުވާ ކަމަށެވެ. އަދި އެމައްސަލަ ހައްލުކޮށްދިނުމަށް ކައުންސިލަށާއި ޖެންޑާއަށް މިއަހަރުވެސް އަދި މިދިޔަ އަހަރުވެސް ހުށަހެޅި ކަމަށާއި އަދި މިހާތަނަށް އެކަމަށް ހައްލެއް ލިބިފައިނުވާ ކަމަށެވެ. އަދި އެތަށް ފަހަރަކު ފުލުހުންނަށް ގުޅައި އޭނާގެ މައްސަލަ ހައްލެއް ހޯދައިދިނުމަށް އެދުނުކަމަށް އާއިލާގެ ފަރާތުން ވާހަކަދެއްކި މީހާ ބުންޏެވެ.

އާއިލާއިން ބުނީ އޭނާ ގޭގައި ހިފަހައްޓަން އުޅުމުން ގޭގައި ހުންނަ އެއްޗެހި ހަލާކޮށް، ގޭގައި ތިބޭ މީހުންނާއި މާރާމާރީ ހިންގައި ކަމަށެވެ. އަދި ހަޑި ހުތުރު ބަހުން ހަޅޭ ލަވައި އަޑުކުރާ ކަމަށާއި އެކަމުގެ ސަބަބުން ގޭގައި އުޅޭ އަންހެނުންނަށާއި ކުޑަކުދިން އަބަދު ތިބެން ޖެހެނީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށެވެ. އޭނާ މާރާމާރީ ހިންގުމުގެ ސަބަބުން އާއިލާގެ ބައެއް މެމްބަރުންނަށް ޖިސްމާނީ އަނިޔާވެފައިވާއިރު، އޭނާގެ އަމަލުތައް ހުންނަ ގޮތުން ގޭގައި އުޅޭ އަންހެނުންނަށް އެކަނި ކޮޓަރިން ނުކުމެ އުޅެންވެސް ޖެހިލުންވާ ކަމަށެވެ.

އާއިލާގެ ކަންތައްތައް ހުންނަ ގޮތުން އޭނާ ފަހަތުން އަބަދު އުޅޭ ނޫޅޭ ގޮތް ބަލަމުން ނުހިނގޭނެ ކަމަށާއި އެހެންވެ އެމައްސަލަ ކަމާ ގުޅުން ހުރި މުވައްސަސާތަކަށް ހުށަހެޅި ނަމަވެސް މިހާތަނަށް އެކަމަށް ފިޔަވަޅެއް އެޅިފައިނުވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނީ އާއިލާ ތެރެއިން އެނާގެ ހާލު ރަނގަޅު ކުރެވޭތޯ ޑޮކްޓަރަށް އެތަށް ފަހަރަކު ދައްކައި އިތުރު ކަންތައްތައްވެސް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް މިހާތަނަށް ކާމިޔާބުވެފައިނުވާ ކަމަށެވެ.

މިކަމާ ގުޅިގެން ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވިދާޅުވީ އެމައްސަލައިގައި އާންމު ފަރާތްތަކުގެ ވަރަށް ބޮޑެތި ޝަކުވާތަކެއް ހުށަހެޅިފައިވާތީ އެކަމަށް ފިޔަވަޅު އެޅެން ހުރި ފަރާތްތަކާ މަޝްވަރާކޮށް ވާހަކަދައްކަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ އެމައްސަލަ ހައްލުކުރެވޭތޯ ކަމާ ގުޅުންހުރި މުވައްސަސާތަކާއެކު ކައުންސިލުން ވާހަކަދައްކަމުންދާ ކަމަށެވެ.

މި މައްސަލަ މިހާރު ޖެންޑަރ މިނިސްޓްރީއަށް ހުށައަޅާފައިވާއިރު މިކަން އަންނަނީ އެމިނިސްޓްރީން ބަލަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355