twitterviber whatsapp telegramfacebookyoutube instagram
20th April 2024

ފޯކައިދޫގައި އޭޑީކޭއިން އަޅަން ބުނި ހޮސްޕިޓާ, ބިލާހެއް ބާ؟

Aug 10, 2017

މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ އުތުރުން ށ އަތޮޅަށް އަންނަށް އެންމެ ބޮޑު އެއް ޕްރޮޖެކުޓުގެ ގޮތުގައި އިވިގެންދިޔައީ  އޭޑީކޭ ކުންފުނިން ށ ފޯކައިދޫގައި އަޅަން ބުނި ހޮސްޕިޓަލުގެ ވާހަކަ އެވެ.

މިއީ އުތުރުގެ 3 އަތޮޅުގެ ރައްޔިތުންނަށްވެސް ލިބުނު އުފާވެރި ހަބަރަކަށް ވި އެވެ. އެެހެންނަމަވެސް މިހާރު ފޯކައިދޫގައި ހޮސްޕިޓަލެއް އަޅަން އުޅުންކަންވެސް ގިނަ ބަޔަކު ހަނދާންވެސް ނެތެވެ. މިއީ ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެންބަރު އަހުމަދު ނާޝިދު ގެ ކެންޕެއިން ވައުދެކެވެ.

ފޯކައިދޫގައި ހޮސްޕިޓަލް އެޅުމަށް ކައުންސިލުން ބިން ދޫކޮށް، އެއިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގެ އެއްބަސްވުމުގައި މިދިޔަ އަހަރު މާރިޗުމަހު ވަނީ ފޯކައިދޫ ކައުންސިލާއި އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޑެޑާއެކު އެއްބަސްވުމުގެ ސޮއެކޮށްފަ އެވެ. އަދި އެސަރަހައްދުގައި ހުރި ރުއްތައްވެސް ވަނީ ކަނޑައި ބިންވެސް އޭރު ސާފުކުރި އެވެ.

އެހެންނަމަވެސް އެބިން ހަވާލުކުރިތާ އަހަރެއްވެފައިވާއިރު އެއްވެސް އަމަލީ މަސައްކަތެއް މިހާތަނަށްވެސް ކޮށްފައެއްނުވެ އެވެ.

ކައުންސިލުގެ ރައީސް  މުހައްމަދު ރާޝިދު ކޭއޯއަށް ވިދާޅުވީ އެމްޕީ ނާޝިދުއާއި މި އަހަރު ކުރީކޮޅުވެސް ބައްދަލުވި ކަމަށާއި ހޮސްޕިޓަލް އެޅުމުގެ ވާހަކަ ދެކެވުންކަމަށެވެ. ނަމަވެސް މަސައްކަތް ލަސްވާ ސަބަބެއްކަމަށް ވިދާޅުވީ ރަށުގެ ބަނދަރު ދަތިކަންކަމަށް ނާޝިދު ވިދާޅުވިކަމަށެވެ.

މުހައްމަދު ރާޝިދު ވިދާޅުވީ އެ ސަރަހައްދުން ކެނޑި ރުއްތަކުގެ ބަދަލު ދިނުމުގެ ވާހަކަވެސް ބައްދަލުވުމުގެ ދެކެވުނުކަމަށާއި އެހެންނަމަވެސް އެކަމުގެ އަޕްޑޭޓެއްވެސް ފަހުން ލިބިފައިނުވާ ކަމަށެވެ. އަދި ހޮސްޕިޓަލްގެ ހަމައެކަނި ކުރެވެމުންދާ މަސައްކަތަކީ ޗައިނާގެ ކުންފުންޏަކާއި ހަވާލުކުރެވިގެން ޕްރޮޖެކްޓްގެ ކުރެހުމުގެ މަަސައްކަތް އެކަނިކަމަށްވެސް ރާޝިދު ވިދާޅުވި އެވެ.

ފޯކައިދޫގައި އަޅާ ހޮސްޕިޓަލުގައި މާލޭގައި ހުންނަ އޭޑީކޭ ހޮސްޕިޓަލެކޭ އެއްފަދަ ހިދުމަތްތައް ލިބޭނެކަމުގެ ޔަގީންކަން އެ ކުންފުނިން އެއިރު ދީފައިވާއިރު މިއީ މިސަރަހައްދަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއްވެސް ފަހިވެގެން ދާނެ ކަމެކެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ އިތުރަށް ސިއްހީ ހިދުމަތްތަައް ނުހަނު ފަސޭހަވެ ބޮޑު ކުރިއެރުމެއް ލިބިގެން ދާނެ ކަމެކެވެ.

މި ކަމާ ބެހޭގޮތުން އޭޑީކޭ ކޮމްޕެނީގެ އޯނަރު އަދި ކޮމަންޑޫ ދާއިރާގެ މެންބަރު އަހުމަދު ނާޝިދުގެ ބަހެއް ހޯދާލުމަށް ތަކުރާރުކޮށް މިނޫހުން ގުޅުމުންވެސް ފޯނަށް ޖަވާބުނުދެއްވާތީ ނާޝިދުގެ ބަހެއް ވަނީ ލިބޭގޮަތް ނުވެފަ އެވެ.

ދުވަހު ނޫސް ހަވީރަށް އޭރު މެމްބަރު ނާޝިދު ދެއްވި އިންޓަވިއުގެ ވިދާޅުވެފައިވަނީ ފޯކައިދޫގައި އެކުންފުނި އަޅައި ހޮސްޕިޓަލަކީ 77 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށާއި އެހޮސްޕިޓަލް ވެގެންދާނީ ފެންވަރު ރަނގަޅު ޒަމާނީ ހިދުމަތްތަކެއް ލިބިގެންދާނެ ހޮސްޕިޓަލެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355