twitterviber whatsapp telegramfacebookyoutube instagram
14th September 2025

ފަސްރުފިޔާގެ އާ ނޫޓު މިއަދު ބޭނުންކުރަން ފަށައިފި

Aug 10, 2017

ރަން ދިހަފަހެއް ނޫޓު ސީރީޒްގެ ދަށުން ފަރުމާކުރެވިފައިވާ ފަސް ރުފިޔާގެ އާ ޕޮލިމާ ނޫޓު ބާޒާރަށް ނެރެ މިއަދުންފެށިގެން ބޭނުންކުރަން ފަށައިފި އެވެ.

2016 ވަނަ އަހަރު އެމްއެމްއޭއިން ވަނީ ޕޮލިމާ ކަރުދާހުގައި ޗާޕްކޮށްފައިވާ މުޅިން އާ ނޫޓް ސީރީޒްއެއް ދިވެހިރާއްޖޭގެ މިނިވަންކަމަށް ފަންސާސް އަހަރު ފުރުނު ރަންޔޫބިލާއި ދިމާކޮށް ނެރެފައެވެ. އަދި ފުރަތަމަ ފަސް ރުފިޔާ ނެރުމަށް ހަމަޖެއްސީ ދަގަނޑު ކޮއިނެއްގެ ގޮތުގައި ނަމަވެސް ފަހުން އެމްއެމްއޭއިން ނިންމީ ފަސް ރުފިޔާގެ ޕޮލިމާ ނޫޓެއް ނެރުމަށެވެ.

ރަން ދިހަފަހެއް ސީރީޒްގެ ހުރިހާ ނޫޓުތައް ފަރުމާކޮއްފައި ވަނީ އަބްދުﷲ ނަޝާތް އެވެ.

ފަސް ރުފިޔާގެ މޫނުމަތިން ދައްކުވައިދެނީ ފުޓްބޯޅައާއި ސަގާފީ އެކި ކުޅިވަރުތަކުން އިޖްތިމާއީ ގުޅުން ވަރުގަދަ ކޮށްދޭކަމެވެ. އަދި ނޫޓުގެ ފަހަތުގައި ސަންގެއް ކުރަހާފައިވާއިރު އެއިން ދައްކުވައިދެނީ މުއާސަލާތު ކުރުމަށް ކުރިން ގެންގުޅުނު ވަސީލަތެކެވެ. ނޫޓުގެ ޕެޓާން ދައްކައިދެނީ އިޖްތިމާއީ ގުޅުން އަދި މުޅި ރާއްޖެ މުއާސަލާތީ ގޮތުން ގުޅިފައިވާކަން ދައްކައިދޭ ލައިން ޕެޓާނެކެވެ.

(function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = "//connect.facebook.net/ja_JP/sdk.js#xfbml=1&version=v2.10"; fjs.parentNode.insertBefore(js, fjs);}(document, 'script', 'facebook-jssdk'));

Circulation of Ran Dhihafaheh 5 Rufiyaa note commences

Maldives Monetary Authority (MMA)さんの投稿 2017年8月9日

އޭގެ އިތުރުން މި ނޫޓުގައި ވެސް ރަންދިހަ ފަހެއްގެ ނޫޓްތަކުގައި ހުންނަ ގޮތަށް ފަހުގެ ސަލާމަތީ ފިޔަވަޅުތައް ވެސް ހިމެނިފައި ހުންނާނެ ކަމަށާއި ނޫޓުގެ ފަރުމާކުރުން ވެސް ހުންނާނީ ފަހުގެ ނޫޓްތަކުގެ ކޮންސެޕްޓްގައި ކަމަށް އެމްއެމްއޭއިން ހާމަކޮށްފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355