twitterviber whatsapp telegramfacebookyoutube instagram
1st November 2025

ޖަމިއްޔަތުއް ސަލަފްގެ ދަރުސް ޕްރޮގުރާމެއް ތިލަދުންމަތީގަ

Aug 10, 2017

ޖަމިއްޔަތުއް ސަލަފްގެ ދީނީ ދަރުސް ދިނުމުގެ ޕްރޮގުރާމެއް ހއ، ހދ ގެ ބައެއް ރަށްތަކުގެ ކުރިއަށްގެންދިއުމަށް ހަމަޖެހިއްޖެ އެވެ.

މިމަހު 10 – 12 ކުރިއަށްގެންދާ މި ޕްރޮގުރާމްގައި ހއ އަތޮޅުން ދަރުސްތައް ފްރޮގުރާމް ހިންގުމަށް ހަމަޖެހިފައިވަނީ ހޯރަފުށި، ދިއްދޫ، މާރަންދޫ، އިހަވަންދޫ އަދި ބާރަށުގަ އެވެ. ހދ ގައި މި ދަރުސްތައް ހިންގަނީ ހަނިމާދޫ އާއި ފިނޭގަ އެވެ.

މިދަރުސް ޕްރޮގުރާމްތަކުގައި ދަރުސް ދެއްވާނީ އައްޝައިޙް މުޖުތަބާ ޙަމީދު، އައްޝައިޙް އަހުމަދު ސަމީރު އިބުރާހީމް، އައްޝައިޙް އަބުދުﷲ ބިން މުހައްމަދު އިބުރާހިމް، އަދި އައްޝައިޙް މުހައްމަދު ސިނާން އެވެ.

ޖަމިއްޔަތުއް ސަލަފްގެ ފަރާތުން ވާހަކަދައްކަވަމުން އަލީ ރަމީޒް ވިދާޅުވީ ދަރުސްތައް ދިނުމަށް ހަމަޖެހިފައިވަނީ މިސްކިތްތަކުގައި ސްކޫލް ހޯލްތަކުގަ ކަމަށެވެ. ދަރުސްތައް އެރަށެއް ރައްޔިތުން ބޭނުންވާ ގޮތްތަކަށް ކުރިއަށްގެންދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355