twitterviber whatsapp telegramfacebookyoutube instagram
25th April 2024

ނޮޅިވަރަމްފަރާއި އިތުރު 3 ރަށެއްގައި ބޯފެނުގެ ނިޒާމް ގާއިމު ކުރުމަށް ސެޕްޓެންބަރުގައި ހުޅުވާލަނީ

Aug 12, 2017

އެންވާރަމެންޓް މިނިސްޓްރީން ހިންގާ ފެނުގެ އެންމެ ބޮޑު މަޝްރޫޢުކަމަށްވާ ސާޅީސް ފަސް ރަށެއްގައި ވާރޭފެން ނަގައި ރައްކާކުރާނެ ނިޒާމަކާއި، ހަތަރު ރަށެއްގެ ފެނުގެ ނިޒާމާ ގުޅޭގޮތުން ވަނީ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

ފެނުގެ މި މަޝްރޫއުއަކީ އެންވަޔަރަމެންޓް މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓާ ގުޅިގެން، “ގްރީން ކްލައިމެޓް ފަންޑް” ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.

އެގޮތުން އެންވާރަމަންޓް މިނިސްޓްރީން ބުނި ގޮތުގައި ނަރުދަމާ އާއި ބޯފެނުގެ ނިޒާމް ގާއިމު ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ފެނުގެ ނިޒާމު ގާއިމު ކުރުމަށް ހަމަޖެހިފައި ވަނީ ރ. މަޑުއްވަރީ، ށ. ފޯކައިދޫ، ބ. ދަރަވަންދޫ އަދި ހދ. ނޮޅިވަރަންފަރުގަ އެވެ.

މި ހަތަރު ރަށުގެ ފެނުގެ ނިޒާމް ޑިޒައިންކޮށް އަމަލީ މަސައްކަތް ސުޕަވައިޒް ކުރުމަށް ކޮންސަލްޓެންޓަކާއި ހަވާލުކުރެވިފައިވާ ކަމަށާއި އެ ހަތަރު ރަށުގެ ޑިޒައިނުގެ މަސައްކަތް މި މަހު ނިންމައި، މި އަންނަ ސެޕްޓެމްބަރު މަހު މަސައްކަތް ކޮށްދޭނެ ފަރާތެއް އިއުލާނު ކުރާނެ ކަމަށެވެ.

މީގެ އިތުުރުން ބޯފެނުގެ ނިޒާމް 45 ރަށެއްގައި ގާއިމް ކުރުމަށް 13.6 މިލިއަން ރުފިޔާ އަށް ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ.

އެ މަޝްރޫއުގެ ދަށުން ސާފު ބޯފެން ރައްކާކުރުމުގެ ނިޒާމް ގާއިމްކުރާ ރަށްތަކަކީ ހއ. އުތީމު، ހއ. މޮޅަދޫ، ހއ. މުރައިދޫ، ހއ. އުލިގަމު، ހއ. މާރަންދޫ، ހއ. ފިއްލަދޫ، ހދ. ފިނޭ، ހދ. ކުރިނބީ، ހދ. ނޭކުރެންދޫ، ހދ. ހިރިމަރަދޫ، ށ. ފޭދޫ، ށ. ނަރުދޫ، ށ. ފީވަށް، ށ. ޅައިމަގު، ށ. ނޫމަރާ، ށ. ބިލެތްފަހި، ށ. ފުނަދޫ، ނ. މަގޫދޫ، ނ. ހެނބަދޫ، ނ. ޅޮހީ، އއ. ހިމަންދޫ، އއ. ބޮޑުފުޅަދޫ، އއ. މަތިވެރި، އދ. ކުނބުރުދޫ، އދ. ދިގުރަށް، މ. ރަތްމަންދޫ، މ. ވޭވަށް، މ. ނާލާފުށި، ދ. ބަނޑިދޫ، ދ. މީދޫ، ދ. ހުޅުދެލި، ތ. ވަންދޫ، ތ. ގާދިއްފުށި، ތ. އޮމަދޫ، ތ. ކަނޑޫދޫ، ތ. ކިނބިދޫ، ތ. ދިޔަމިގިލި، ގއ. ނިލަންދޫ، ގއ. މާމެންދޫ، ގއ. ކޮނޑޭ، ގދ. ނަޑެއްލާ، ގދ. ހޯޑެއްދޫ، ގދ. ފިޔޯރީ، ގދ. ރަތަފަންދޫ އަދި ގދ. ފަރެސްމާތޮޑާ އެވެ.

އެންވާރަމަންޓު މިނިސްޓްރީން ހާމަކުރި ގޮތުގައި މި 45 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޑިޒައިންކޮށް އަމަލީ މަސައްކަތް ސުޕަވައިޒް ކުރުމަށް ޑިޒައިން ކޮންސަލްޓަންޓް އަކާ ހަވާލުކޮށްފައިވާ ކަމަށާއި އަދި އެ މަޝްރޫއުގެ ތެރޭގައި ހިމެނޭ 4 ރަށުގެ ފެނުގެ ނިޒާމު ގާއިމު ކުރުމާއި 45 ރަށުގައި ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ނިޔަލަށް ނިމޭނެ ކަމަށް ލަފާކުރެވެ އެވެ.

އަދި ފެނުގެ ހިދުމަތުގެ ދާއިރާ ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތް 2021ވަނަ އަހަރުގެ ނިޔަލަށް ހަމައަށް ކުރިޔަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައި ވާ ކަމަށްވެސް އެ މިިނިސްޓްރީން މައުލޫމާތު ދެއެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355