twitterviber whatsapp telegramfacebookyoutube instagram
14th May 2025

ކުޑަކުދިންނަށް ހާއްސަ، އެކަމަކު ބޮޑެތި މީހުން “ހަލާކުކުރަނީ” ކީއްވެ؟

Aug 14, 2017
2

ބޮޑު އާބާދީއެއް ވިޔަސް މިރަށުގައި ކުޑަކުދިންނަށް ހާއްސަކޮށް ކުޅެލައި މަޖާކޮށްލުމަށް ހަމައެކަނި އޮންނަ ތަނަނީ ޝަހީދު ހުސެއިން އާދަމް ހަނދާނީ ބިނާ ޕާކެވެ. ދާދި ފަހު ހުޅުވައި ބޭނުންކުރަން ފަށާފައިވާ މިތަނުގައި ހުންނަ ތަކެއްޗަކީ ވަކި އުމުރަކަށް ހާއްސަކޮށް ބޭނުންކުރެވޭނެ ތަކެއްޗެއްވެ އެވެ. ކޮންމެހެން ބޭނުންކުރަންޖެހޭ އުމުރުފުރާ އޭގައި ބޮޑު އަކުރުން ލިޔެފައި ނެތްކަމުގައި ވިޔަސް އެކަން ބޯމައްޗަށް ހުންނަ ކޮންމެ މީހަކަށްވެސް އެނގޭނެ އެވެ.

މި ޕާކް ބޭނުންކުރަމުންދަނީ އެންމެ ހެޔޮގޮތުގައި ބާވާ އެވެ. ނޫނޭ ޝައްކެއްވެސް ނެތެވެ. އެކަމާ މެދު ސުވާލު އުއްފަދާނެ އެއްވެސް ޖާގައެއް ނެތެވެ. އެތަނުގައި ހުންނަ ކުޅޭ އެއްޗެހިތައް މަތީގައި ހެވިލާފައި ފޯނަށް ގެއްލި ތިބޭތަށް ފެންނަނީ ކުޑަކުދިނަންވުރެ ބޮޑެތި މީހުންނެވެ. ނޫނީ އެތަކެތި ބޭނުންކުރަން ޖެހޭ އުމުރަށް ވުރެ ބޮޑެތި ކުދިންނެވެ.

ޕާކުން ފެންނަނީ ޒުވާން ފިރިހެން ކުދިންނާއި އަންހެން ކުދިން ޕާކުގައި ހުންނަ ސީސޯ ތަކަށާއި ސުޕުރިންގް ރައިޑާ ތަކަށް އަރައި ތިބޭ މަންޒަރެވެ. ރޭގަނޑު މި މަންޒަރު ފެންނަލެއް ގިނަ އެވެ. މިއީ ވަރަށް ދެރަ ކަމެކެެވެ. ހިތާމަވެރި މަންޒަރެކެވެ. އުމުރާ ނުގުޅޭ މީހުން މިތަކެތި ބޭނުންކުރީމަ ހަލާކުވުން އަވަސް ވާނެކަން އެނގި ތިބެވެސްމެ އެތަކެތި ބޭނުންކުރުމަކީ ހުތުރު، ނާތަހުޒީބު އަމަލެކެވެ.

ރާއްޖޭތެރެ ވީމަ މި އެއްޗެއް ހަލާކުވެއްޖެނަމަ ހެދޭނެ ގޮތެއް ގިނަ ފަހަރަކު ނޯވެ އެވެ. މާލެ ނޫނިވީމަ މިތަކެތި ހަދައި މަރާމާތުކުރާކަށް ސަރުކާރުން ބަޖެޓެއް ނުދެ އެވެ. ގިނަ ފަހަރަށް ރަށުގެ ރައްޔިތުންވެސް އަމިއްލަ އިސްނެގުމަށް މިފަދަ ތަންތަން މަރާމާތުކޮށް ނަހަދަ އެވެ. ވިޔަފާރިވެރިންނެއްވެސް ނުކުރެ އެވެ. މިކަމުގެ ސާފު ހެކި އާރާމް ބަގީޗާއިންނާއި އާޓިފިޝަލް ބީޗުގައި ހެދި މައިޒާނުން ޔަގީންވެ އެވެ. ރައްޔިތުންތަކެއް އިސްނެގުމަށް ހެދި މިތަންތަން ބައެއް މީހުން ހަލާކުކޮށް، ބައެއް ތަކެތި ހަލާކުވެ، ވީރާނާވެ އެހެރަ ދަނީ އެވެ. ފެންނަ މީހަކު މާރާމާތުކުރާ ބަޔަކު ނޫޅެ އެވެ. އެއްބަޔަކު ހަލާކު ކުރިވަރަކަށް އަނެއް ބަޔަކަށް ނުވެސް ހެދޭނެވެ. ވިސްނަށްވީ މިއީ ކޮންމެ ބަޔަކު ހަދާފައިހުރި ތަންތަން ކަމުގައި ވިޔަސް މިތަކެތި ބޭނުން ކުރާނީ މިރަށުގައި ދިރިއުޅޭ މީހުންގެ ދަރިންނާއި ކޮއްކޮމެން ކަމެވެ.

ބޮޑެތި މީހުންނަަށް ހާއްސަ ކުރެވިފައި އިށީނާނެ ބެންޗުފަދަ ތަކެތި ޕާކުގައި ހުރެއެވެ. ކުޑަކުދިންނަށް ހާއްސަ ކުރެވިފައި ހުންނަ ތަންތަނަށް ބޮޑެތި މީހުން އަރާ އެ އެއްޗެހި ހާލާކުރާނަމަ އެކަންތައް ހުއްޓުވަން ފަރުދީ ޒިންމާވެސް ނަގަން އެބަޖެހެ އެވެ. އެކުދިންނަށް ނަސޭހަތް ދޭން އެބަ ޖެހެއެވެ. އަމިއްލަ ތަކެތި ނޫން ކަމުގައި ވިޔަސް އެއްޗެހި ހަލާކު ނުކުރުމަށް ބުނެދޭން އެބަ ޖެހެއެވެ.

ރަށުގެ ދިރިއުޅޭ ރައްޔިތުންގެ ފައިދާއާ ލާބައަށް ހަދާފައި ހުންނަ މިފަދަތަންތަން ހަލާކުކުރުމުން އެކަމުގެ ގެއްލުން އެންމެ ބޮޑަށްކުރާނީ އެތަނެއްގައި ދިރިއުޅޭ ބަޔަކަށެވެ. މިކަންކަމަކީ އެންމެ ވިސްނަށް ޖެހޭ މުހިންމު ކަމެކެވެ. ތަނެއް ހަލާކޮށްލުމަކީ ފަސޭހަކަމެކެވެ. ނަމަވެސް އެތަނެއް ރީތިކޮށް ބަލަހައްޓާ މަރާމާތުކުރުމަކީ އުނދަގޫ ބޮޑު މަސައްކަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355