twitterviber whatsapp telegramfacebookyoutube instagram
2nd May 2024

” ކުޅުދުއްފުށީގައި މިއަދު ބާއްވާ ޕީޕީއެމް އިވެންޓަށް ގޮވަނީ ސަރުކާރުގެ ނަމުގަ”

Aug 12, 2017

ރާއްޖޭގެ 25 ރަށެއްގައި ޕީޕީއެމްގެ ކެމްޕެއިން ހަރަކާތްތައް މި ހަފްތާ ބަންދުގައި ބޭއްވުމަށް ޕީޕީއެމްއިން ނިންމައި،އެކަން ހާމަކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

މިހެން މިކަން އޮއްވާއި ކުޅުދުއްފުށީގައި މިއަދު ހަވީރު ޕީޕީއެމްއިން ބާއްވާ ލޮރީބުރަށް މީހުން އެއްކުރަން އަޑުގަދަ ކުރާއިން ގޮވަނީ ސަރުކާރުގެ އިވެންޓެއްގެ ނަމުގަ އެވެ. އަޑުގަދަ ކުރާއިން ގޮވަނީ ރައީސް ޔާމީންގެ ތަރައްގީއާއެކު ރައްޔިތުން ތިބިކަން ހާމަ ކުރަން  ސަރުކާރުން ބާއްވާ ލޮރީބުރެއް އޮންނަވާހަކަ އެވެ.

ކުޅުދުއްފުށީގެ ޕީޕީއެމްގައި އިސްކޮށް އުޅުއްވައި ފަރާތްތަކަށް ގުޅާލުމުން އޭނާވެސް ވިދާޅުވީ މިއަދު ބާއްވަނީ ޕީޕީއެމްގެ ހަރަކާތެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ އިވެންޓެއް ކަމަށެވެ.

މިއަދު ހަވީރު ކުޅުދުއްފުށީގައި ބާއްވާ މިއިވެންޓަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ވަނީ ހާޒިރީ ބަލާގޮތަށް ލޮރީބުރަށް ނުކުތުމަށް އަންގާފަ އެވެ. އަދި ބައެއް މުވައްސަސާތަކުގެ ލޮރީވެސް މިއިވެންޓްގައި ބައިވެރިކުރުމަށް ހަމަޖެހިފައިވާކަން ވަނީ އެނގިފަ އެވެ.

މިކަމާ ގުޅިގެން ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސަށް ގުޅާލުމުން ވިދާޅުވީ ރޭގެ ވަގުތެއްގައި ހައުސިންގ މިނިސްޓްރީގެ ކޯޑިނޭޓަރަކާއި އެމްޕީއެލްގެ ބައެއް ބޭފުޅުން ހިމެނޭގޮތަށް ކައުންސިލާ ބައްދަލުކޮށް ރައީސް ޔާމީންގެ ރާއްޖެއަށް ގެންނަމުންދާ ތަރައްގީއާ އެކު ތިބިކަން ހާމަކުރަމުގެ ގޮތުން ސަރުކާރުން ކުޅުދުއްފުށީގައި ބާއްވާ އިވެންޓެއް އޮންނާނެކަމަށް ވިދާޅުވެފައިވާ ކަމަށް އަލީ ހާޝިމް ވިދާޅުވިއެވެ.

ރައީސްގެ ތަރައްގީއާއެކު ރައްޔިތުން ތިބިކަން ހާމަ ކުރަން ހަރަކާތެއް ބާއްވާނެ ކަމަށައި އެގޮތުން 25 ރަށެއްގައި ހަރަކާތެއް ކުރިޔަށް ގެންދާނެކަމަށް ޕީޕީއެމްއިން މިދިޔަ ބުރާސްފަތި ދުވަހު ހާމަކޮށްފައިވެ އެވެ. އަދި އެއިވެންޓްތައް ކުރިއަށްގެންދަން ހަމަޖެހިފައިވާ ރަށްތައްވެސް ހާމަކޮށްފައިވާއިރު އެރަށްތަކުގެ ތެރޭގައި ކުޅުދުއްފުށިވެސް ހިމެނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355