twitterviber whatsapp telegramfacebookyoutube instagram
8th May 2024

ސަރުކާރުގެ މުވައްޒަފުން ނެރެ، ކުޅުދުއްފުށީގައި ޕީޕީއެމްގެ ވެހިކަލް ބުރެއް ޖަހައިފި

Aug 12, 2017

ގިނަ އަދަދެއްގެ ސަރުކާރު މުވައްޒަފުން ނެރެ، ކުޅުދުއްފުށީގައި ޕީޕީއެމް ވެހިކަލް ބުރެއް ޖަހައިފި އެވެ. މިވެހިކަލް ބުރުގައި ސަރުކާރުގެ ކުންފުނިތަކުގެ ވެހިކަލްތައްވެސް ބޭނުންކޮށްފައިވެ އެވެ. އެގޮތުން އެސްޓީއޯ އާއި އެމްޕީއެލް އަދި ފެނަކައިގެ އުޅަނދުތައް ބޭނުންކޮށްފައިވެ އެވެ.

ރައީސް ޔާމީނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން މިއަދު ހަވީރު ބޭއްވި މިވެހިކަލް ބުރު ކުޅުދުއްފުށީގެ ބޮޑެތި މަގުތަކުގައި ބާއްވާފައިވާއިރު ފިޔާތޮށި ފުއްޕާހަމާއި ޤައުމީ ދިދަ ބޭނުންކޮށްފައިވެ އެވެ. އަދި ރައީސް ޔާމީނަށް ތާއިދުކޮށް ލިޔެފައިވާ ބޯޑުތައްވެސް ގެންގުޅެފައިވެ އެވެ.

މިއަދު ކުޅޫދުއްފުށީގައި ބޭއްވި ވެލިކަލ ބުރުގައި ބައިވެރިވި އެސްޓީއޯގެ މުވައްޒަފުންތަކެއް–

 

މި ވެހިކަލް ބުރަށް މީހުން ނެރެން މަގުތަކުގައި އަޑުގަދަކުރާއިން ގޮވާފައިވަނީ ސަރުކާރުގެ އިވެންޓެއްގެ ގޮތުގައި އެވެ. އަދި ކުޅުދުއްފުށީގައި މިހަރަކާތުގައި އިސްކޮށް އުޅުއްވާ ބޭފުޅުންވެސް ވިދާޅުވެފައިވަނީ މިއީ ޕީޕީއެމްގެ ހަރަކާތެއް ނޫންކަމަށާއި މިއީ ޤައުމީ ހަރަކާތެއް ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް އަލީ ހާޝިމް ވިދާޅުވީ ހައުސިންގ މިނިސްޓްރީގެ ކޯޑިނޭޓަރަކާއި އެމްޕީއެލްގެ ބައެއް ބޭފުޅުން ހިމެނޭގޮތަށް ކައުންސިލާ ބައްދަލުކޮށް ރައީސް ޔާމީންގެ ރާއްޖެއަށް ގެންނަމުންދާ ތަރައްގީއާ އެކު ރައްޔިތުން ތިބިކަން ހާމަކުރަމުގެ ގޮތުން ސަރުކާރުން ކުޅުދުއްފުށީގައި މިއަދު ހަވީރު އިވެންޓެއް ބާއްވާނެކަމަށް ވިދާޅުވެފައިވާ ކަމަށެވެ.

މިއަދުގެ ވެކަލު ބުރުގައި ބައިވެރިކުރުވި ފެނަކައިގެ ވެލިކަލެއް–

ނަމަވެސް ދުވަހު ނޫސް އަވަސް އަށް ދެއްވި އިންޓަވިއުގެ ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް ޑރ. އަބްދުﷲ ހަލީލް ވިދާޅުވެފައިވަނީ ކުޅުދުއްފުށީގައި އަދި ހުރިހާ ރަށެއްގައި ވެސް ކުރިޔަށް ދާނީ ޕީޕީއެމްގެ ހަރަކާތެއް ކަމަށެވެ. ނަމަވެސް ރަށްރަށުގައި އެ ހަރަކާތުގައި ބައިވެރިވުމަށް ގޮވާލަނީ ކިހިނެތް ކަމެއް އެނގިފައިނުވާ ކަމަށް ހަލީލް ވިދާޅުވި އެވެ. އަދި އެއްވެސް ފަރާތަކަށް މި ހަރަކާތުގައި ބައިވެރިވުމަށް މަޖުބޫރު ނުކުރުވާނެ ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

“މިއީ ރައީސް ޔާމީން ރައްޔިތުންނަށް ގެނެސްދޭ ތަރައްގީއާ އެކު އެ ރައްޔިތުން ތިބިކަން ދައްކާލުމަށް ބާއްވާ ޕީޕީއެމްގެ ހަރަކާތެއް، އެއްވެސް ފަރާތަކަށް ބައިވެރިވާކަށް މަޖުބޫރެއް ނުކުރަން،” އަވަސް އަށް ދެއްވި އިންޓަވިއުގެ ހަލީލް ވިދާޅުވެފައިވެ އެވެ.

މިއަދުގެ ވެލިކަލު ބުރުގައި ބައިވެރިކުރުވި ޕޯޓްސް ވެލިކަލެއް–

ހަލީލު މިހެން ވިދާޅުވެފައިވާއިރު މި ވެހިކަލު ބުރުގައި ބައިވެރިވި  ސަރުކާރު ބައެއް މުވައްޒަފުން ބުނެފައިވަނީ ހަރަކާތްތަށް ނެރެފައިވަނީ ހާޒިރީ ބަލާގޮތަށް، މަޖުބޫރުކޮށްގެން ކަމަށެވެ. މިވެހިކަލް ބުރުގައި ބައެއް ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންވެސް ބައިވެރިވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355