twitterviber whatsapp telegramfacebookyoutube instagram
5th April 2026

ލޮލަށް ފަސޭހަ ރީތި ގޮތަކަށް ގޭތެރެ ޑިޒައިންކޮށްލަން މިއޮތީ ގޮތެއް

Aug 14, 2017

ކޮންމެ މީހަކު އެމީހަކު ދިރިއުޅޭތަން ސާފުކޮށް ރީތިކޮށް ބެލެހެއްޓުމަށް އިސްކަން ދޭނެއެވެ. އަދި އެއީ ބޮޑު ގަނޑުވަރަކަށް ނުވިއަސް ކިތަންމެ އާދައިގެ ގެޔެއްވެސް ރީތި ބަލާލަން ރީތި ފަސޭހަގޮތަކަށް ޑިޒައިންކޮށްލުމަކީ މާ އުނދަގޫކަމެއް ނޫނެވެ.

ފުރަތަމަ ކަމަކަށް ގެއަށް ވަންނަ އިރު ގެއާއި ގުޅިފައިވާ ސިޓިން ރޫމާއި ބަނދިގޭ ނުވަތަ ކާގޭގައި އެއްކުލައެއް ބޭނުން ކުރާށެވެ. ހުރިހާ ފަރުނީޗަރުތަކުގައި ވަކިކުލައެއް އަދި ފާރުގައިވެސް ވަކިކުލައެއް ބޭނުން ކުރާށެވެ. އެެއިރުން ގެތެރެ ކުލަމަޖާ ގަނޑެއްހެން ނުފެންނާނެ އެވެ.

ފާރުތަކުގައި ކުލަ ލާއިރު އަލި ކުލަކުލަ ލުމުގެ ބަދަލުގައި ލޮލަށް ފަސޭހަ ކުލަ ބޭނުން ކުރާށެވެ. މިސާލަކަށް ޑަލް އޮރެންޖު ކުލައެއް ނުވަތަ ފެހި ކުލައެއް ބޭނުން ކުރެވިދާނެ އެވެ. ފާރުގެ ކުލައާއި ގުޅުވައިގެން ފަރުނީޗަރުގައި ހުދު ކުލަ ނުވަތަ އަޅި ކުލައެއް ބޭނުން ކުރެވިދާނެ އެވެ.

ދެވަނަ ކަމަކަށް ގޭތެރޭގައި ހުސްތަން ބޮޑުވާ ގޮތަކަށް ތަކެތި އަތުރާލާށެވެ. މި ބުނަނީ ހުރިހާ ސާމާނެއް ގޭތެރޭގެ އެއްކަނެއްގަ ބަހައްޓާށެކޭ ނޫނެވެ. އަބަދުވެސް ވަކި ތަރުތީބަކުން ތަކެތި ބަހައްޓާށެވެ. މާބޮޑަށް ހުސްތަން ބޮޑުވެ ގޭތެރެ ފަޅުކަން ފިލުވާލުމަސް ގަސް ބޭނުން ކުރެވިދާނެ އެވެ. އެގޮތުން ކުދި މާގަސް ނުވަތަ އެލޮވޭރާފަދަ ގަސްތައް މުށިގަނޑުގައި އިންދާ ގޭތެރޭގައި ބޭނުން ކުރެވިދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355